ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢުލްޔާ ދެ ޤައުމީ ރެކޯޑެއް އައުކޮށްފި

397672 3 7b5739e849fbcfa0e4d87a8a4b9a6e1d9eaa7833 Medium
TTH_Ads
Maldivian_Ads
STO_Ads
Advertisement

އޮސްޓްރޭލްރޭލިއާގައި ބޭއްވުނު ފެތުމުގެ މުބާރާތެއްގައި ދިވެހި ފެތުންތެރިޔާ ޢާއިޝަތު ޢުލްޔާ ޝާއިޤް ދެ ޤައުމީ ރެކޯޑެއް އައުކޮށްފިއެވެ. އެއީ އަންހެނުންގެ ލޯންގްކޯސް 50 މީޓަރ ފްރީސްޓައިލް އަދި 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑެވެ.

އޮސްޓްރޭލިއާގެ ވެސްޓަރން އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސްގައި ޢުލްޔާ ވަނީ 50 މީޓަރ ފްރީސްޓައިލް އިވެންޓް 28.64 ސިކުންތުން ނިންމާލައިފައެވެ. މިއީ އޭނާ އަމިއްލައަށް މިދިޔަ އަހަރު 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ކަނޑައެޅި 29.29 ސިކުންތުގެ ރެކޯޑަށްވުރެ ހަލުވި ދުވެއްޔެކެވެ.

Gkw4thxxuaajwov

HajjCop_ads
Advertisement

ހަމަ މި މުބާރާތުގައި ޢުލްޔާ ވަނީ 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑުވެސް އައުކޮށްފައެވެ. މި އިވެންޓް ޢުލްޔާ ނިންމާލީ 34.18 ސިކުންތުންނެވެ. މިއީ މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އައިޝަތު ސައުސަން ކަނޑައެޅި 34.32 ސިކުންތުގެ ރެކޯޑަށްވުރެ ހަލުވި ދުވެއްޔެކެވެ.

ޢުލްޔާގެ މި ކާމިޔާބީއާއެކު އޭނާ ވަނީ ދިވެހި ފެތުމުގެ ތާރީޚުގައި އަނެއްކާވެސް އާ ސަފުހާއެއް ލިޔެފައެވެ. މި ކާމިޔާބީއަކީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެއަށް އިތުރު ކާމިޔާބީތަކެއް ހޯދުމަށް އޮތް ފުރުޞަތެއް ކަމުގައި ފެތުމުގެ ދާއިރާގެ ފަރާތްތަކުން ދެކެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މުޙައްމަދު ޝަރީފު
އުލްޔާ ކޮން ދެޤައުމެއްގެ ރެކޯޑު ކަން ޙާޞިލް ކުރީ އަދި އެދެޤައުމެއްގެ ނަން ބަޔާން ކޮށްދެވުނު ނަނަ ކިއުން ތެރިން ނަށް އިތުތު މަޢުލޫމާތު ކޮޅެއް ލިބުނީސް ކަން ކށަވަރު
ަ ައަނީސް
ކޮއްކޮއަށް މަރުހަބާ ، އަދިވެސް ހިއްވަރު ކުރައްވާ އިތުރު ކާމިޔާބަށް އެދެން

ގުޅުންހުރި

ކުޅިވަރު އެސޯސިއޭޝަންތަކުން ލިޔެކިޔުން ބެލެހެއްޓުން ލާޒިމުކުރަނީ

އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ސްޓެލްކޯ ބަލިކޮށް ކްލަބް އެޗްޑީސީއިން ހޯދައިފި

އައިއޯއޭ އެމްބެސެޑާސް ސެޝަންގައި ބައިވެރިވުމަށް ޝަބާ ގްރީސްއަށް

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި