ރޯދަމަހަށް ސަރުކާރުން ގޭބިސީތަކަށް ހަދިޔާކުރާ މަސްދަޅު ކޭސް ހުރިހާ ގޭބިސީއަކަށް ލިބެންދެން ދޫކުރާނެ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަބަބަށްޓަކައި މަސްދަޅު ކޭސް ހޯދުމަށް ދިގު ވަގުތުތަކެއް ވަންދެން ކިޔުގައި މަޑުކުރަން ނުޖެހޭނެ ކަމަށެވެ.

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުން ފެށިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައެވެ. ނަމަވެސް، މަސްދަޅު ކޭސް ހޯދުމަށް މީހުން ކިޔުގައި ޖެހެން ފަށާފައިވަނީ އެރޭ 6:30 އިން ފެށިގެންނެވެ.

މިނިސްޓަރު އާދަމް ޝަރީފު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި އާންމުންގެ އިޖާބައަށް ބަލައި، ރޯދަ ހަދިޔާ ބެހުމަށް އިތުރު ތަނެއް ހަމަޖައްސައި، އެކަން އިޢުލާނުކުރާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ ތަންތަން:
- މާލެ: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
- ވިލިމާލެ: ވެމްކޯ ސައިޓް
- ހުޅުމާލެ ފޭސް-1: އުމަރު ޒާހިރު ބިލްޑިންގ
- ހުޅުމާލެ ފޭސް-2: ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރު

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ، ހުކުރު ދުވަހުން ފެށިގެން އިސްވެ ދެންނެވުނު ތަންތަނުގެ އިތުރުން، ގަލޮޅު ދަނޑުގެ ހަތަރު ފަރާތުގެ ސިޑިބަރިން ކައިރިން، ހެންވޭރު ދަނޑު އަދި ހުޅުމާލެ ފޭސް 1 އާއި ފޭސް 2 އިން ވެސް މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ.

"ދިގު ކިޔުތަކުގައި މަޑުކުރަން ނުޖެހުނު ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ، ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބެންދެން 28 ފެބްރުއަރީގެ ފަހުން ވެސް މި މަސައްކަތް ކުރިއަށް ގެންދާނެ," މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެވެ.

"ޖުމްލަ 13 ތަނަކުން، ކޮންމެ ތަނެއްގައި ފަސް މޭޒުން މަސްދަޅު ދޫކުރަމުންދާނެ" ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކިޔުލައިނުގައި ޖެހުނު ބައެއް މީހުންނަށް މަސްދަޅު ލިބިފައިވަނީ އެ ރޭ ދަންވަރު 3:00 ޖެހިއިރުއެވެ.

"ކިޔުގައި ގިނަ ވަގުތު ތިބެންޖެހުނީތީ ހިތާމަކުރަން. މޭންޕަވަރ އިތުރުކޮށް އިންތިޒާމުތައް ރަނގަޅު ކުރުމަށް މިހާރު މަސައްކަތްކުރަމުން މިދަނީ" މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެ