ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަރައްގީގެ ހަގީގީ މޭސްތިރިންނަކީ އިސްރަށްވެހިން: މެޑަމް ސާޖިދާ

392750 8300633b 1
STO_Ads
TTH_Ads
Advertisement

ދިވެހި ޤައުމު މި ދެކޭ ކުރިއެރުމާއި ތަރައްޤީގެ ޙަޤީޤީ މޭސްތިރިންނަކީ އިސްރަށްވެހިންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްރަށްވެހިންނަކީ، ހަމައެކަނި ޢުމުރުން ދުވަސްވީ މީހުންގެ ގޮތުގައި ދުށުމުގެ ބަދަލުގައި އެމީހުންނަކީ، އެ މީހުންގެ ޅަދުވަހާއި ޒުވާން ޢުމުރު ދަތި ޙާލުގައި ހޭދަކުރައްވައިގެން، އަޅުގަނޑުމެންގެ މިއަދުގެ އުފަލަށްޓަކައި ޖާނާއި ފުރާނައިން ޤުރުބާންވި އިޚުލާސްތެރީންގެ ގޮތުގައި ބަލައިގަންނަން ޖެހޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އިސްރަށްވެހިންގެ ޤުރުބާނީއަށްޓަކައި އިސްރަށްވެހިންނަށް ޙުރުމަތް އަދާކުރުމުގައި އަދުގެ ޖީލު ވަނީ ދަރަނިވެރިވެފައިކަމުގައި އެކަމަނާ ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

ޤައުމެއްގެ ހައިބަތު އިތުރުކުރުމަށްޓަކައި އެ ޤައުމެއްގެ އިސްރަށްވެހިން މުހިންމުކަން ފާހަގަގަކުރައްވައި، މި ރަސްމިއްޔާތުގައި އިސްރަށްވެހިންގެ އަރިހުން އެކަމަނާ އިލްތިމާސްކުރެއްވީ، އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށްދެއްވުމަށެވެ. މީގެއިތުރުން އެކަމަނާގެ ވާހަކަފުޅުގައި، އިސްރަށްވެހިންގެ ޢިލްމާއި ތަޖުރިބާއިން ދަރުސް ލިބިގަތުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި އިސްރަށްވެހިންގެ ކިބައިން ޢިލްމީ، ފިކުރީ އަދި ހުނަރުގެ މަންފާ ލިބިގަތުމަށް އެކަމަނާ ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިސްރަށްވެހިންގެ ނާދީގެ ލޯގޯ އާއި ނާދީގެ މެންބަރުންގެ ކާޑުވެސް އިފްތިތާޙުކުރައްވާފައިވެއެވެ.

2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު، އިސްރަށްވެހިންގެ ނާދީ އިފްތިތާޙުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މާލޭގައި ހުޅުވާފައިވާ އިސްރަށްވެހިންގެ ނާދީއަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްކަމަށްވާ، އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ބިނާކުރެއްވި ފުރަތަމަ މަރުކަޒެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ފ ފާއިޒް
ހަގީގީ މޭސްތިރިންނަކީ އިސްރަށްވެހިން އެކަން އަމަލީގޮތުން ދައްކަވަން ވާނެ
I IbbeIbbe
thlyakanengivadaigannavanee kaakabbaa

ގުޅުންހުރި

FB IMG

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފި

madam saajida

އަޟްޙާ ޢީދުގެ ތަހުނިޔާ ފަސްޓްލޭޑީ ފޮނުއްވައިފި

saajida

ނަރުހުންގެ ކުރިއެރުމަށް އިންވެސްޓުކުރުން މުހިންމު: މެޑަމް ސާޖިދާ

މާފަންނު އުތުރު ދާއިރާގެ ޖަގަހަ ފަސްޓްލޭޑީ ހުޅުވައިދެއްވައިފި