ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް ނިންމެވުމާއި އެއްގޮތަށް އުމްރާވެރިންނަށް އިތުރު 1،500 ޑޮޮލަރު ދިނުމަށް ބީއެމްއެލްއިން ނިންމަވައިފި

244009 3 8f6e0089432f52c9532a4eadadc652940cceb26a Medium
TTH_Ads
STO_Ads
Advertisement

އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1،500 ޑޮލަރު ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ.

ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރު ލިމިޓެއް ހަމަޖައްސަން ނިންމަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ބީއެމްއެލް އާއި އެމްއެމްއޭއަށް އެންގެވީ މި މަހުގެ ދިހަ ވަނަ ދުވަހުއެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކާޑަށް ދޫކުރާ ލިމިޓް ބޭނުން ކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއާގައި ކަމަށާއި ލިމިޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް ޑެބިޓް ކާޑަށް ކަމަށެވެ.

HajjCop_ads
Advertisement

ބީއެމްއެލްއިން ބުނީ، އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް އެ ކަން ފަހިކޮށްދިނުމުގެ ގޮތުން އުމްރާ ގްރޫޕްތަކުން އެ ކަމުގައި އަމަލުކުރަންވީ ގޮތުގެ ތަފްސީލް އުމްރާ ގްރޫޕްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

އުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރާ އުމްރާވެރިން، ފުރުމުގެ ފަސް ދުވަސް ކުރިން (ބޭންކު ބަންދު ދުވަސްތައް ފިޔަވައި) ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ބޭންކުން ކާޑު ލިމިޓް ހަމަޖައްސައިދޭނެ ކަމަށް ބޭންކުން ބުންޏެވެ.

ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ހާމަކުރިއެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ އުމްރާ ވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށް ބުނެއެވެ. މިއީ އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާމީހުންނަށްލިބުނު ވަރަށް ބޮޑު ހިންހަމަޖެހުމެކެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބޭންކް އޮފް މޯލްޑިވްސްއިން ހިންގުމުގެ އޮނިގަނޑަށާއި އެގްޒެކްޓިވް ލީޑަޝިޕަށް ބަދަލުތަކެއް

Qw

ބީއެމްއެލްގެ ސީއީއޯ ޝަރީފް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފި

bml

2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބީއެމްއެލް އިން ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފި

bml

ސަފާރީތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް ބީއެމްއެލްއިން ތައާރަފްކޮށްފި