ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްވެސް ޚިދުމަތަކުން އާސަންދަ ކަނޑައެއް ނުލަން އިތުރަށް ފުޅާކުރީ: ނާޒިމް

L 2024 12 05 041048 Mpg6jqsoxayilchnwuftz928e43drvk57b1 En
TTH_Ads
STO_Ads
Maldivian_Ads
Advertisement

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް ވިދާޅުވެފައިވަނީ މި ސަރުކާރުން އާސަންދައިގެ އެއްވެސް ޚިދުމަތެއް ހުއްޓާލާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އިތުރު ޚިދުމަތްތަކެއް ތަޢާރަފުކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، މި ސަރުކާރުން އާސަންދައިގެ ދަށުން ފޯރުކޮށްދޭ އައު ޚިދުމަތްތަކަކީ ޚަރަދު ބޮޑު ޚިދުމަތްތަކެއް ކަމަށެވެ. މިގޮތުން އައި.ޖީ.އެމް.އެޗްގައި ޤާއިމުކުރެވުނު ދަރިމައިވުމަށް އެހީވެދޭ ކްލިނިކާއި، އެއަރ އެމްބިއުލަންސްގެ ޚިދުމަތް ހަރުދަނާކުރެވުނު ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުން އަޅާނުލުމުގެ ސަބަބުން ފަހަތަށް ގޮސްފައިވާ ބައެއް ކަންކަން މި ސަރުކާރުން އިސްލާޙުކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދަވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ތެލެސީމިއާ ކުދިންގެ ފަރުވާއަށް އަލުން އަހައްމިއްޔަތުކަން ދެއްވާ، ފާއިތުވި އަހަރު 14 ކުއްޖަކު ދައުލަތުގެ ޚަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓަށް ފޮނުވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މި މައްސަލަ ޙައްލުކުރުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށާއި، މި މަޝްވަރާތަކުގެ ސަބަބުން މި މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އަދި ޞިއްޙީ ނިޒާމަށް މިހާ ބޮޑު އިންވެސްޓްމަންޓެއް ކުރެވި، ނިޒާމަށް މިފަދަ ބޮޑު ބަދަލެއް ގެނެވުނު ދުވަސްވަރެއް ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން ނާންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށް އެޅުނު ފިޔަވަޅުތަކާއި، ވޭޕް މަނާކުރުމާއި، ކާބޯތަކެއްޗާބެހޭ ޤާނޫނެއް ފުރަތަމަ ފަހަރަށް ވުޖޫދަށް ގެނައުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުންފަތުން ދުރުކުރުމަށް ފަސް އަހަރުގެ ޤައުމީ ކެމްޕެއިނެއް އިފްތިތާޙު ކޮށްފި

minister nazim

ޞިއްޙީ ކަންކަމުގައި ޙަޤީގަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރައްވައިފި

ބޭސްވެރިކަމުގެ ކޮމިޓީއެއް އެކުލަވާލަނީ

ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފި