ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުންފަތުން ދުރުކުރުމަށް ފަސް އަހަރުގެ ޤައުމީ ކެމްޕެއިނެއް އިފްތިތާޙު ކޮށްފި

TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގައި ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކޮށް ދިވެހީން ދުންފަތުގެ ނުރައްކަލުން ސަލާމަތް ކުރުމަށް ފަސް އަހަރުގެ ޤައުމީ ކެމްޕެއިނެއް ހިންގުމަށް ނިންމާ އެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙު ކޮށްފި އެވެ.

އެ ކެމްޕެއިން އިފްތިތާޙުކުރީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން ހަތަރު މުއައްސަސާއެއް ގުޅިގެން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ޤީލާ އަލީ ވިދާޅުވީ ދިވެހި އާބާދީގެ ބޮޑު އިންސައްތައެއް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުރަގަޅު އާދައިގެ ތެރޭގައި އޮތްއިރު އެކަމުން ސަލާމަތް ކުރުމަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެގޮތުން އެންމެ މުހިންމު ކަމަކަށް ފާހަގަ ކުރެއްވީ ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރަން ފެށި ފުރަތަމަ ޤައުމަށް ރާއްޖެ ވެފައިވާކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖޭގައި ވޭޕް ބޭންކުރުން ފާހަގަ ކުރެއްވި އެވެ.

MMA_Ads
HajjCop_ads
Advertisement

މިނިސްޓަރު ވިދާޅުވީ ދުންފަތުގެ ނުރައްކަލުން ދިވެހި ޖީލު ސަލާމަތް ކުރުމަށް ޤައުމީ ކެމްޕެއިނެއް ހިންގުމަށް ނިންމާފައިވާ ކަަމަށެވެ. އަދި އެ ކެމްޕެއިން ކުރިއަށް އޮތް ފަސް އަހަރަށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

“ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށްޓަކާ ޤައުމީ ކެމްޕެއިނެއް ލޯންޗުކުރެވިގެން މިދަނީ. ފަސް އަހަރަށް މި ކެމްޕެއިން އިންތިޒާމު ކުރެވިފައި މިވަނީ ކުރުމުއްދަތުގެ ތެރޭގައި ނަތީޖާ ނެރެވޭނެ ކަމަކަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުން ފަދަ ކަންކަން ނުވާނެތީ,” މިނިސްޓަރު ޤީލާ

މި ކެމްޕެއިންގެ ތެރެއިން އެކި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމާއި، ތަފާތު އެކި އިނާޔަތްތަކާއި ލުއިތައް ދިނުމަށް ސަރުކާރުން ނިންމަވާފައިވެ އެވެ. އެގޮތުން، ތަޢުލީމީ ދާއިރާއިންނާއި ކުޅިވަރާއި ޒުވާނުންގެ ދާއިރާގެ އިތުރުން ޖަމުޢިއްޔާ ޖަމާޢާތްތައް މެދުވެރިކޮށް އެކި ހަރަކާތްތައް ހިންގުމާއި، ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ކުރުން ހަރުދަނާކޮށް، ވަރުގަދަކުރުމުގެ މަސައްކަތްވެސް މިކެންޕޭންގައި ކުރިއަށް ގެންދަވާނެ އެވެ.

މިނިސްޓަރު ވަނީ މި ކެމްޕެއިން ކާމިޔާބު ކުރެވޭނީ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކާއި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ކަމަށް ކަމުގައި ފާހަގަ ކުރައްވާ އެކަމުގައި އެހީތެރިކަން ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ނޫސްވެރީންގެ ބައްދަލްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ މި ކެމްޕެއިން ކާމިޔާބު ކުުރުމަށް ތައުލީމީ ދާއިރާގައި ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން “ބިންގާ” ޕްރަގްރާމްގެ ތެރެއަށް އެކަމާއި ގުޅޭ ކަންކަން އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު އިބްރާހިމް ރާފިޢު އާއި ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން ވެސް ވަނީ އެ ކެމްޕެއިންގެ ދަށުން އެ މިނިސްޓްރީތަކުން ވެސް ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފި

18 ރަށެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަން އިމާރާތްކުރުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފި

Gkfkxqawwaekvxn

ސިއްހީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް އިންޑިއާގެ ސިއްހަތާބެހޭ ވަޒީރާ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

L 2024 12 05 041048 Mpg6jqsoxayilchnwuftz928e43drvk57b1 En

އެއްވެސް ޚިދުމަތަކުން އާސަންދަ ކަނޑައެއް ނުލަން އިތުރަށް ފުޅާކުރީ: ނާޒިމް