ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ކުރީގެ މާލީ ވަޒީރު ޑރ. ޝަފީގު އައްޔަން ކުރައްވައިފި

Corporate Maldives 64
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ކުރީގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު އައްޔަނުކުރައްވައިފިއެވެ. މީގެ އިތުރުން، ޑރ. ޝަފީގު ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައިވެސް ހަމަޖައްސަވާފައެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯނަކީ ދިވެހިރާއްޖެއަށް ފުޅާ ދާއިރާއެއްގައި މުދާ އެތެރެކުރުމާއެކު، އަވައްޓެރި ޤައުމުތަކަށް ރީއެކްސްޕޯޓްކުރުމުގެ ނިޒާމެއްގެ ތެރެއިން ޤައުމީ އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް އުފައްދާފައިވާ ކުންފުންޏެކެވެ.

މި ކުންފުންޏަކީ ސަރުކާރުގެ ހިއްސާ އެކުލެވޭ ފަސް ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ)، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބައިވެރިވެގެން އުފައްދާފައިވާ ކުންފުންޏެކެވެ.

MMA_Ads
HajjCop_ads
Advertisement

މި ކުންފުނީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ފްރީ ޓްރޭޑް ޒޯންތައް ތަރައްޤީކުރުމާއި، އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން، އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރަށް އަމާޒުކޮށްގެން އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް އަދި އުފެއްދުންތެރިކަމުގެ މަސައްކަތްތައް ހިންގުން ހިމެނެއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު