ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަހައްދުގައި މަސް ދަޅު ކޭސް ބަހަން ފަށަނީ އަންނަ ހަފުތާގައި

2833
STO_Ads
TTH_Ads
Advertisement

ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމާފައިވާ މަސްދަޅު ކޭސް، އަންނަ ހަފުތާގެ ބްރާސްފަތި ދުވަހުން ފެށިގެން ދޫކުރަން ފަށާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނެފިއެވެ.

އެސްޓިއޯއިން ބުނިގޮތުގައި މާލެ ސަރަހައްދުގައި މި މަސައްކަތް ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ދޫކުރާނީ ދެ ދަންފަޅިއަކަށް ބަހާލައިގެން، މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ޖުމްލަ 5 މަރުކަޒެއް ޤާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި މާލޭގައި 2 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 2 މަރުކަޒު ހިމެނެއެވެ. ކޮންމެ ގޭބިސީއަކަށް ދެވޭނީ 180 ގްރާމުގެ ތެޔޮމަހުގެ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއްކަމަށް އެސްޓިއޯއިން ބުނެއެވެ.

MMA_Ads
HajjCop_ads
Advertisement

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތައް:

  • މާލެ: މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް
  • ވިލިމާލެ: ވިލިމާލޭ ކައުންސިލް އޮފީސް
  • ހުޅުމާލެ ފޭސް-1 : އުމަރު ޒާހިރު ބިލްޑިންގ
  • ހުޅުމާލެ ފޭސް-2 : ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު

އަތޮޅުތަކަށް ފޮނުވާ މަސްދަޅު ކޭސްތައް އެސްޓީއޯއިން މިހާރު ވަނީ ފޮނުވަން ފަށާފައެވެ. ރަށްރަށުގައި މި މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ. މަސްދަޅު ކޭސް ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

އެސްޓީއޯއިން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ލިބެން ހުންނާނެ

shiyam minister

ޢީދަށްފަހު މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ޤާއިމުކުރާނެ: ޝިޔާމް

އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް ހެދުން އެއީ އަމާޒް: ޝިމާދު