ސްވީޑަންގެ ސްކޫލް ކެމްޕަހެއްގައި ހިނގި ބަޑި ހަމަލާއެއްގައި މަދުވެގެން 6 މީހުން ޒަޚަމްވެއްޖެއެވެ. އޭގެ ތެރެއިން އެކަކުގެ ހާލަތު ވަރަށް ކުރިޓިކަލް ކަމުގައި މައުލޫމާތު ލިބެއެވެ.
"އޮރެބްރޯގައި ހިނގި ބަޑި ހަމަލާއާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް އަދިވެސް ގިނަ މަޢުލޫމާތު ލިބެމުން އެބަދޭ"- ކުޑައިރުކޯޅެއްގެ ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މުހިންމު ތަފުސީލް:
- އޮރެބްރޯގެ ސްކޫލެއްގެ އެތެރޭގައި ބަޑި ޖެހުމުގެ ސަބަބުން ޒަޚަމްވި 5 މީހުން ވަނީ އިމަރޖެންސީ ޑިޕާޓްމަންޓަށް ގެންދެވިފައި - އޭގެ ތެރެއިން 4 މީހުންނަށް ވަނީ އޮޕަރޭޝަން ކުރެވި އަދި އެކަކުގެ ހާލަތު ދަނީ ކުރިޓިކަލް.
- ސްވީޑަންގެ ފުލުހުން ގަބޫލުކުރާ ގޮތުގައި ޒަޚަމްވި މީހުންގެ ތެރޭގައި ހަމަލާ ދިން ފިރިހެނާވެސް ހިމެނޭ.
- ސިއްޙީ ޑައިރެކްޓަރު ޖޯނަސް ކްލޭސަން ވިދާޅުވި ގޮތުގައި އިތުރު މީހުންވެސް ޒަޚަމްވެފައި ހުރެދާނެ؛ އަދި މިހާތަނަށް މަރުވެފައިވާ މީހަކު ހުރިކަން ނުވަތަ ނޫންކަން ފުލުހުންނަށް ނޭނގޭ.
- މެންދުރު 12:33 ގައި ދިން ބަޑީގެ ހަމަލާއަށް އިމަރޖެންސީ ޚިދުމަތްތަކުން އިޖާބަދިން އިރު، ފުރަތަމަ 6 ސްކޫލަކާއި ރެސްޓޯރަންޓެއް ވަނީ ބަންދުކުރެވިފައި.
- މިހާރު އެ ތަންތަނުން މީހުން ބޭރުކުރަން ފަށައިފި، ނަމަވެސް އެ ސަރަޙައްދުން ދުރުގައި ތިބުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައި.
ަައަލީ