ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުޢިއްޒު ފިއްލަދޫ ކައުންސިލާއި ބައްދަލު ކުރައްވައިފި

Dsc 6030
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ފިއްލަދޫ ޞިއްޙީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ފިއްލަދޫ ކައުންސިލުން ވަނީ އެ ރަށު ސްކޫލަށް ބޭނުންވާ 8 ކްލާސްރޫމާއި އިތުރަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް ބޭނުންވާ ކަމަށާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި ލެބޯޓްރީއަށް ބޭނުންވާ ރިއޭޖެންޓްސް ލިބުމަށް ދިމާވެފައިވާ ދަތިކަން ހިއްސާކުރައްވާފައެވެ. މީގެއިތުރުން އަލަށް އާބާދުވާ ސަރަޙައްދުގައި ކަރަންޓާއި ޔޫޓިލިޓީ ޚިދުމަތްތައް ޤާއިމުވެފައިނެތުމާއި ރަށުގައި ކުނިކޮށްޓެއް އެޅުމުގެ މުހިންމުކަންވެސް ކައުންސިލުން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި ފެންބޮޑުވުމުގެ މައްސަލައިގެ އިތުރުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ހުރި ދަތިކަން ހިއްސާކުރައްވަމުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ބޭނުންވާކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ މަގުތައް ހެދުމަށް ސްކޯޕް ކަނޑައެޅިގެންދިއުމުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢު ގެންދެވޭނެ ގޮތެއް ނިންމަވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެ މަނިކުފާނު ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ޞިއްޙީ މަރުކަޒުގައި ސޯޅަ ގަޑިއިރު ޚިދުމަތް ދެމުންދާއިރު އެތަނަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ނުލިބޭ މައްސަލަ ހައްލު ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ރިކުއެސްޓް ކޮށްގެން މަސައްކަތް ކުރައްވަމުންދާ ކަމަށާއި ހަމަ އެފަދައިން ރިއޭޖެންޓްސް ލިބުމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެސް.ޓީ.އޯ އާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވަމުންދާކަން ވަޒީރުން ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް