ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިން ބޮޑު ފިއްލަދޫއަކީ ތަރައްޤީގެ ފުރުޞަތު ވަރަށް ފަހި ރަށެއް: ރައީސް

Img 4959
STO_Ads
Maldivian_Ads
TTH_Ads
Advertisement

ފިއްލަދޫއަކީ ބިން ބޮޑު އަދި ސަރަހައްދީ ގޮތުންވެސް ގިނަ ބަޔަކަށް ފައިދާތަކެއް ލިބޭނެފަދަ ސަރަހައްދެއްގައި އޮތް ރަށެއްކަން ފާހަގަކުރައްވައި، އެރަށަކީ ތަރައްޤީގެ ފުރުޞަތު ވަރަށް ބޮޑު ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި މިއަދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފިއްލަދޫގެ ތަރައްޤީއިން ދިވެހި ގިނަ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެކަން ފާހަގަކުރައްވާފައެވެ. މިގޮތުން މި ސަރަހައްދުގެ އިންޓަނޭޝަނަލް އެއާޕޯޓު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށްވެސް މުހިންމު ރަށެއްގެގޮތުގައި އެމަނިކުފާނު ފިއްލަދޫ ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ފިއްލަދޫގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފިއްލަދޫއަށް ބޭނުންވާ ތަރައްޤީގެ ކަންކަމުގެ ތެރޭގައި ހިމެނޭ ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާވެސް ވަކި ތަރުތީބަކުން ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން އިޤްތިޞާދީ ގޮތުން ހއ އަދި ހދ އަތޮޅުގެ ފަތުރުވެރިކަން ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްނަގައިގެން ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްތައް ކުރިއަށްގެންދަވާ ކަމުގައި ވިދާޅުވެ މިހާރު ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތުވެސް މިއަދުގެ ޖަލްސާގައި އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ.

ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ އައު ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ކުރިއަށްދިޔަ “މަގޭ ސޯލަރ” ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް