ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިއްލަދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފި

Dsc 9951
TTH_Ads
STO_Ads

ލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ ސިޓީތަކާއި އިދާރީ ދާއީރާތަކާއި އާއްމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އަޅުއްވައިދެއްވައިފިއެވެ.

ފިއްލަދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިއަދުވަނީ މުރައިދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިމުނު ހަފްތާގެތެރޭގައި ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ހިމަނއިގެންވަނީ އެއަތޮޅުގެ ހަ ރަށެއްގައި ކައުންސިލް އިމާރާތުގެ ބިންގާ އަޅާފައެވެ.

HajjCop_ads

ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދެއްވުމެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން 105 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް މިހާތަނަށްވަނީ އިޢުލާންކޮށްފައެވެ. މި 105 ރަށުގެ މަސައްކަތް ނިމޭއިރު، ޖުމްލަކޮށް %70 ކައުންސިލްގެ ޖާގައިގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް