ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޭމްކުރުމަށް ފްލޭޝް ކޯލް ބޭނުންކުރާތީ ފުލުހުން ސަމާލުވުމަށް އިލްތިމާސްކޮށްފި

Original 1737984153322
STO_Ads
TTH_Ads
Advertisement

ގޮތްނޭނގޭ ފަރާތްތަކުން އެކި މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގައި ފްލޭޝް ކޯލްގެ ބޭނުންކުރަމުންދާތީވެ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، ފްލޭޝް ކޯލަކީ ފައިސާގެ މުއާމަލާތްކުރާއިރު ވެރިފައިކުރުމަށް ފޯނަށް ފޮނުވާ އޯޓީޕީ ކޯޑުގެ ބަދަލުގައި ފޯނަށް ފޮނުވާ އޮތަންޓިކޭޝަން ކޯޑު ހިމެނޭ ކޯލެކެވެ. މިއީ އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި ބޭނުންކުރާ އިތުރު އޮތަންޓިކޭޝަން މެތަޑެއް ކަމަށާއި، މި ޓެކްނޮލޮޖީ އުފެއްދި ފަރާތުން ބުނާގޮތުގައި މިއީ އޯޓީޕީއަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އޮތަންޓިކޭޝަން މެތަޑެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ޓެކްނޮލޮޖީއަށް އައި ބަދަލާއެކު އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފަށާފައިވާއިރު، ސްކޭމަރުން ސްކޭމްކުރަން ގެންގުޅެމުން އައި އުކުޅުތައް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓުތައް ހިސޯރުކުރަން ވަނީ ފަށާފައިވާކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ފުލުހުން އާންމުންނަށް އިލްތިމާސްކުރައްވަނީ، އެމީހެއްގެ ފޯނަށް ލިބޭ ކޯޑެއް، ގުޅާފައި އޮތް ނަންބަރެއް އަދި މިސްކޯލެއް ލިބިފައި އޮތްނަމަ އެ ނަންބަރެއް ވެސް އެހެން ފަރާތަކާ ހިއްސާނުކުރުމަށެވެ.

ކުރީގައި އޯޓީޕީ ކޯޑު ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އެކައުންޓު ހެކްކުރަމުންދާ މައްސަލަތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކޮށް، އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް މުއައްސަސާތަކާއި ދައުލަތުގެ އެކި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވެ، އެފަަދަ މައްސަލަތައް ރިޕޯޓުކުރާ އަދަދު ވަނީ އިންތިހާއަށް މަދުވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް މިހާރު ސްކޭމްކުރާ ފަރާތްތަކުން ބޮޑަށް ބޭނުންކުރަނީ ފްލެޝް ކޯލް ކަމަށްވާތީ، މިކަމަށް ވެސް ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20250516

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ ސަރަހައްދުގައި 1355 އެކްސިޑެންޓު

moosun

ކަނޑުމަތީގެ ހާދިސާތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

2 Suspects 33e59f8939

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި

1 Suspect 3e8c6b718a

ބިދޭސީއެއްގެ އަތުން 10،000ރ ފޭރުނު މީހަކު ހައްޔަރުކޮށް ބަންދަށް