ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމެޗު ވެސް ކާމިޔާބުކޮށް 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާއަށް

339641 3 55583c29b5d615cdf480578b6db9820446845678 Large
TTH_Ads
STO_Ads
Advertisement

އެފްއޭއެމް ދިވެހި ޔޫތު ލީގުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާ ހޯދައިފި އެވެ. އިސްމާއީލް އާސިފް (ކުޑަހީނާ) ކޯޗުކޮށްދޭ ވެލެންސިއާ ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ މިހާތަނަށް ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް ބާކީ އެއް މެޗު އޮއްވަ އެވެ.

ވެލެންސިއާ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވި މައިގަނޑު ސަބަބަކީ އިއްޔެ ހަވީރު ދެ ވަނާގައިވާ މާޒިޔާ އާއި ވިކްޓަރީ ކުޅުނު މެޗު 3-3އިން އެއްވަރުވުމެވެ. މި ނަތީޖާގެ ސަބަބުން ލީގުގެ ފަހު މެޗުގައި މާޒިޔާ އަތުން ވެލެންސިއާ ބަލިވިޔަސް އެއްވެސް ޓީމަކަށް ވެލެންސިއާއާ އަރާ ހަމަނުކުރެވޭނެ އެވެ.

ލީގު ތާވަލުގައި ވެލެންސިއާ އެއްވަނާގައިވަނީ ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވާ މާޒިޔާ އަށް ލިބިފައިވަނީ ހަ މެޗުން 13 ޕޮއިންޓެވެ. ތިން ވަނާގައިވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އެ ޓީމަށް ހަ މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނާގައިވަނީ 12 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން ޓީސީ އެވެ.

MMA_Ads
HajjCop_ads
Advertisement

އަށް ޓީމު ވާދަކުރާ ލީގުގެ ފަސް ވަނާގައިވަނީ ވިކްޓަރީ އެވެ. އެ ޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު އީގަލްސް އަށް ފަސް ޕޮއިންޓް އަދި ހުއްރިއްޔާ އަށް 2 ޕޮއިންޓް އަދި ޔުނައިޓެޑް ވިކްޓަރީ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ވެލެންސިއާ ރޭ ކުޅުނު މެޗުގައި އީގަލްސް އަތުން މޮޅުވީ 12-0 އިންނެވެ. ފުރަތަމަ ހާފުގައި ވެލެންސިއާ އިން ހަތް ގޯލު ޖެހި މެޗުގައި ފޯވަޑް އައިދު މުހައްމަދު ޖަވީޒް ވަނީ ދެ ހެޓްރިކް ހަދައިފަ އެވެ. ބާކީ ގޯލުތަކުގެ ތެރެއިން އަހުމަދު ކާއިން ގަޔާޝް އާއި އަބްދުﷲ އައިޝް އަލީ ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހީ އެވެ. އަނެއް ދެ ލަނޑު ޖެހީ އަލީ އިލާން އަހުމަދު އާއި އިބްރާހީމް އައްލާމް ފަރީދް އެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވެލެންސިއާ އަތުން ނިއުއަށް ތިން ޕޮއިންޓް