ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީން އެއްވެ އުޅޭ އާންމު ސަރަހައްދުތަކަށް ފާރަވެރިވަނީ

Gieovlobkaaamsr
TTH_Ads
STO_Ads
Advertisement

ބިދޭސީންގެ މައްސަލަ ގާތުން ބެލުމަށްޓަކައި، ބިދޭސީން އެއްވެ އުޅޭ އާންމު ސަރަހައްދުތައް މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން މޮނިޓަރ ކުރަން ފަށައިފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން މިސަރަހައްދުތައް މޮނިޓަރކުރަން ފަށާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

“އާއްމު މަސްލަހަތަށް ނުރައްކާވާފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހަރަކާތް ސަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި,” އިމިގްރޭޝަންގެ ސްޕޯކްސްޕަރސަން ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

އިތުރަށް އެ އިދާރާއިން ބުނެފައިވަނީ، މި މޮނިޓަރިންގ މަސައްކަތުގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ، ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މި މަސައްކަތް ފެށުމުގެ ކުރިން، ދާދިުރިން، ދާދިފަހުން އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއް މާރާމާރީއަކަށް ބަދަލުވެ، އެމަންޒަރު ވީޑިއޯކުރި ދިވެއްސަކަށް ހަމަލާދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި ހަމަނުޖެހުން ހިންގި އިންޑިއާގެ މީހަކު އިމިގްރޭޝަނުން ވަނީ ޑީޕޯޓުކޮށްފައެވެ.

“އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ,” އިމިގްރޭޝަންގެ އިސް އޮފިޝަލެއް ވިދާޅުވިއެވެ.

މި މަސައްކަތަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ބައެކެވެ. މި މަޝްރޫޢުގެ ދަށުން މުޅިރާއްޖޭގައި “އޮޕަރޭޝަން ކުރަނގި” ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުންދެއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 25,000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގާފައިވެއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅުނު 20 ބިދޭސީއަކު ހިފަހައްޓައިފި

immigration

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ބަރާބަރަށް ފީ ދައްކާ، ބިދޭސީން ގެންނަ ކުންފުނިތަކުގެ ވައިޓް ލިސްޓު އެކުލަވައިލަނީ

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި