އިމިގްރޭޝަނުން މިއަދު އިޢުލާނުކުރި ގޮތުގައި، ސަބަތު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ހިމެނޭ އިމިގްރޭޝަންގެ ތިން އޮފީހަކުން ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެއެވެ.
Maldives Immigration@ImmigrationMVމާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ 03 އޮފީހަކުން ކޮންމެ ހޮނިހިރު ދުވަހަކު ވެސް ޕާސްޕޯޓު ދޫކުރުމަށް ވަނީ ހަމަޖެހިފައި.
#DhivehiPassport #MaldivesImmigration
މި ޚިދުމަތް ލިބޭނެ ތަންތަނަކީ:
1. ވެލާނާގޭގައި ހުންނަ އިމިގްރޭޝަންގެ މާލޭ އޮފީސް
2. ހުޅުމާލެ ފޭސް 1 ގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގގެ އިމިގްރޭޝަން އޮފީސް
3. ހުޅުމާލެ ފޭސް 2 ގެ ވިނަރެސްގައި ހުންނަ އިމިގްރޭޝަން އޮފީސް
އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން މުޙައްމަދު ވިދާޅުވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ޚިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ނިންމި ނިންމުމެކެވެ.
އިތުރުން، މެޑިކަލް އެމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ކުރިއެކޭ އެއްފަދައިން 24 ގަޑިއިރު ޚިދުމަތް ލިބެން ހުންނާނެ ކަމަށްވެސް ޝަމްއާން ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.