ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިިދުމަތް ސްރީލަންކާއިން ދޭން ފަށައިފި އެވެ.
މި ދެ ޚިދުމަތް ލަންކާއިން ދޭން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެމަނިކުފާނުގެ އަނބިކަނބަލުން އެ ޤައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ޚިދުމަތްތައް ލަންކާއިން ލިބޭނެ އިންތިޒާމު ހަމަޖެހުމަށް މިއަދު ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި އޮތް ހަފްލާއެއްގަ އެވެ.
ލަންކާއިން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިިދުމަތް ދޭން ފެށުން އިފްތިތާޙު ކުރުމުގެ ގޮތުން އެ ޚިދުމަތް ދެ ދިވެހީންނަށް ވަނީ ދީފަ އެވެ.

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރު ގައުމެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ދޭން ފެށޭނީ މީގެ އަހަރެއްހާ ދުވަސްކުރީން އޭޕްރީލް 28, 2025ގަ އެވެ. އެއީ މެލޭޝިޔާގަ އެވެ.
ގިނަ ދިވެހީން ދިރިއުޅޭ ޤައުމުތަކުން އެ ޚިދުމަތްދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިިދުމަތް ހުރިހާ އަތޮޅެއްގައި ލިބޭނެ ގޮތް ވެސް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.






ކިޔުންތެރިންގެ ހިޔާލު