ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެމަނަފުށީގައި ބީޗް ވޮލީބޯޅަ މުބާރާތެއް ބާއްވަނީ

330866 3 Bfe7bb13345b73acd0468e93d969c09f550ffc40 Medium
STO_Ads
Maldivian_Ads
TTH_Ads
Advertisement
ގއ. ގެމަނަފުށީ އައިޑިއަލް ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން އެ ރަށުގައި ފުރަތަމަ ފަހަރަށް ބާއްވާ ބީޗް ވޮލީބޯޅަ މުބާރާތް “ގެމަނަފުށި ބީޗް ވޮލީބޯޅަ ކަޕް 2025” ގެ ކުޅުންތައް މާދަމާ ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވަނީ ފުރިހަމަކޮށްފައެވެ.

2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުން 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 6 ޓީމު ބައިވެރިވެފައިވެއެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވެފައިވާ 6 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

މި ގޮތުން ކޮންމެ ޓީމަކުން އަނެއް ޓީމާ އެއް މެޗު ކުޅޭ އުސޫލުން ކުރިއަށްދާއިރު، ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

HajjCop_ads
Advertisement

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ. މި މުބާރާތަކީ ގެމަނަފުށީގެ އިތުރުން ހުވަދު އަތޮޅުގައި ވެސް ބާއްވާ ފުރަތަމަ ބީޗް ވޮލީބޯޅަ މުބާރާތެވެ.

އައިޑިއަލް ޖަމްޢިއްޔާގެ ފަރާތުން މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ބީޗް ވޮލީބޯޅަ މި ސަރަޙައްދަށް ތަޢާރަފުކުރުމުގެ އިތުރުން، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުޅިވަރުގެ ޛަރީޢާއިން ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޅިވަރު އެސޯސިއޭޝަންތަކުން ލިޔެކިޔުން ބެލެހެއްޓުން ލާޒިމުކުރަނީ

އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ސްޓެލްކޯ ބަލިކޮށް ކްލަބް އެޗްޑީސީއިން ހޯދައިފި

އައިއޯއޭ އެމްބެސެޑާސް ސެޝަންގައި ބައިވެރިވުމަށް ޝަބާ ގްރީސްއަށް

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި