ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިމޮކްރެޓްސް ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި

369179 3 A708a6457669bc95ee73339ea8f4c63fc7f15df9 Medium
Maldivian_Ads
TTH_Ads
STO_Ads
Advertisement

މިހާރު ހުސްވެފައިވާ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

  • ޑިމޮކްރެޓް އެތެރޭގެ އިންތިޙާބު އޮންނާނީ ފެބްރުއަރި 15 ވަނަ ދުވަހު
  • އިންތީޙާބުގެ ވޯޓުލެވޭ މީހުންގެ ލިސްޓު ޖެނުއަރީ 22 ވަނަ ދުވަހު އާންމު ކުރާނެ

ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމު ހުސްވެފައިވަނީ އެ ދެ މަޤާމުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވާ ޕާޓީ ދޫކުރުމުންނެވެ. މިކަމާއި ގުޅިގެން އެޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް ބާއްވާ އެ މަޤާމުތަކަށް މީހުން އިންތިޙާބު ކުރުމަށް އިންތިހާބެއް 40 ދުވަހުތެރޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޑިމޮކްރެޓްސް ޕާޓީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސް(ފިރިހެން) މަޤާމަށް މީހުން އިންތިޙާބު ކުރުމަށް ބާއްވާ އެތެރޭގެ އިންތިޙާބު އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި މި އިންތިޙާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ބުރާސްފަތި ދުވަހުގެ މެނދުރު 12:00 ކުރިން ހުށަހެޅުމަށް އެޕާޓީން ވަނީ ހުޅުވާލާފައެވެ.

HajjCop_ads
Advertisement

އެޕާޓީގެ އެތެރޭގެ އިންތިޙާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބުދަ ދުވަހު 12:00 ގައި ހުޅުވާލާނެކަން އެޕާޓީން ވަނީ ހާމަކޮށްފައެވެ. އަދި މި ލިސްޓަށް ޝަކުވާ ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މި ހޮނިހިރު ދުވަސް ކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.

ޑިމޮކްރެޓްސް އެތެރޭގެ އިންތިޙާބު ބާއްވަން ތައްޔާރުވަމުންދާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފެއްދެވި މި ޕާޓީގެ ބައެއް މެންބަރުން ޕާޓީއާއި ވަކިވި ނަމަވެސް ޕާޓީގެ ކުރިމަގު އޮތީ އުޖާލާކޮށް ކަމަށް ޕާޓީން ބުނެއެވެ. އަދި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ދާދި އަވަހަށް އަނެއްކާވެސް ފަށާނެ ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Giw2sm7ayaaxeq

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އީ-ފާސް ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިއްޖެ