ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަޙައްދުގެ ވައި ސިއްޙަތަށް ނުރައްކާ މިންވަރަށް، ތުއްތު ކުދިންނާއި ދުވަސްވީމީހުން ބޭރަށް ނުނެރުމަށް އެދެފި

Maldivian_Ads
STO_Ads
TTH_Ads
Advertisement
  • ފުއްޕާމެއާއި ހިތުގެ ބަލި ހުންނަ މީހުން ބޭރުގައި ހޭދަކުރާ ވަގުތު މަދުކުރަންޖެހޭ
  • އަދި މާބަނޑު މީހުންނާއި ދުވަސްވީމީހުންވެސް ބޭރުގައި ހޭދަކުރާ ވަގުތު މަދުކުރަންޖެހޭ
  • ބޭރުގައި އުޅޭއިރުވެސް މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވާ

ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވުމުގެ ސަބަބުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ. މިގޮތުން ބޭރުގައި އުޅުން މަދުކުރުމަށާއި ބޭރުގައި އުޅޭއިރު ރައްކާތެރިކަމަށްޓަކައި މާސްކު އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުން ފެށިގެން އަންނައިރު ރާއްޖޭގެ އިރު އުތުރުން ވައި ޖެހެމުންދާތީ، ކޮންމެ އަހަރެއްގެވެސް މިމުއްދަތުގެ ތެރޭގައި ރާއްޖޭގެ ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެއެވެ.

މައިގަނޑުގޮތެއްގައި އިންޑިއާ ސަބްކޮންޓިނެންޓުން އަންނަ ހިރަފުސްދުން ރާއްޖެމައްޗަށް އަންނަކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ކޮންމެ އަހަރެއްގެވެސް ޖެނުއަރީ ފެބްރުއަރީ މަހު ރާއްޖޭގެ ވައި ނުސާފުވާކަމާށް ރިކޯޑުކުރެވޭކަން އެއިދާރާއިން ފާހަގަކުރައްވައެވެ. އަދި އާއްމުގޮތެއްގައި ވައި ސާފުވަނީ މަރިޗު މަހުގެ ތެރޭގައިކަމަށް މެޓުން ވިދާޅުވެއެވެ.

ރާއްޖެ ސަރަޙައްދުގެ ވައި އާދިއްތަ ދުވަހު ނުސާފުވެފައިވާކަން ފާހަގަވެފައިވާއިރު ވައިޖެހޭ ގޮތަށް ބަލާއިރު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭވެސް ވައިގެ ކޮލިޓީ ދަށްވާނެކަމަށް މެޓުން ލަފާކުރައްވައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 125 އަށްވުރެ މައްޗަށް އަރައިފި

Igmh

ސަމާލުވޭ، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

Igmh

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 243 ކޭސް ރިޕޯޓުކޮށްފި

Igmh

މިހަރުގެ މިހާތަނަށް ހިމަބިހީގެ 226 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ