ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައަށް ލިބޭ އާމްދަނީއިން ކުންފުނި ހިންގޭނެ، ފެނަކަ ބޮލުގައި އަޅުވާފައިވާ ދަރަނިވެސް ދެއްކޭނެ

407853 3 7a2d528aa4899fd75f790a90ea4743667409f2d5 Medium
STO_Ads
Maldivian_Ads
TTH_Ads
Advertisement

ކުރީސަރުކާރުން ފެނަކަ ކުންފުނީގެ ބޮލުގައި އަޅުވފައިވަ ބޮޑު ދަރަނީގެ ތެރެއިން ބޮޑު ބައެއް ރޯދަމަހުގެ ކުރިން ދައްކާ ޚަލާސްކުރެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ. މިސަރުކާރުން ވެރިކަމާއި ހަވާލުވީ އިރު، ފެނަކާގައި 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތެވެ. ފެނަކައަށް ދާދި އިހަކަށްދުވަހު އައްޔަންކުރި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހް ވިދާޅުވީ:-

ފެނަކައަށް މިހާރު ލިބޭފައިސާއިން އަޅުގަނޑުމެންނަށް މިތަން މާރަގަޅަށްވެސް ހިންގޭނެ. އެހެންނަމަވެސް، ބިޔަ ބޮޑު ދަރަނީގެ ބޮޑު ބެކްލޮގެއް މިއަންނަނީ. އެކަމުގައި އަޅުގަނޑުމެން މިހާރު މިގެންދަނީ އިތުރަށް މަޝްވަރާ ކުރަމުން. ފިނޭސް މިނިސްޓްރީއާއެކު ވެސް މަޝްވަރާކުރަމުން ދަނީ. ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެފައި އޮތީ ރޯދައިގެ ކުރިން އަޅުގަނޑުމެންނަށް ފަންޑަސް ހަމަޖައްސައި ދެއްވާނެ ކަމަށް. އިރާދަ ކުރެއްވީއްޔާ ރޯދައިގެ ކުރިއަށް ދަރަނީގެ ކަންކަން ހައްލުވާނެ. އޭރު ރަށްރަށަށް ޚިދުމަތް ދިނުމަށް ފޯކަސް ކުރެވޭނެ ދަތިކަމެއްނެތި އޮޕްރޭޓް ކުރެވޭނެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން، އެންމެ ބޮޑު އެއް ދަރަންޏެއް އޮތް ކުންފުންޏަކީ ފެނަކައެވެ. ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ، އެތައް ބަޔަކު ދިޔައީ ޝަކުވާ ކުރަމުންނެވެ. އޭރު ސަރުކާރުން އަމާޒަކަށްވީ ކުންފުނީގެ ހިނގުން ހަރުދަނާކޮށް ކުންފުނި “ރައިޓް ސައިޒް” ނުވަތަ ނުތަކާވަރަށް ޚަރަދު ބޮޑުވެފައިވާ ކުންފުނި އެކަށީގެންވާ މިންގަނޑަކަށް ފެއްތުމެވެ. ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެޓަރ މުއާޒް ރަޝީދު އިސްތިއުފާ ދީފައިވަނީ މިދަރަނި އަދާކުރެވޭނެ ގޮތެއްނެއްކަމަށް ވިދާޅުވެފައެވެ.

HajjCop_ads
Advertisement

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަނީސް
ކުންފުނިތަކަސް ލިބެންހުރި ފައިސާ ލިބއްޖިއްޔާ ކިތައްމެހާވެސް ރަގަޅު
ަ ަސާދާ
ތިކަހަލަ ބޮޑަތި ވާހަކަ ދައްކަން އަދި މާއަވަސް ނޫންތޯ؟

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް 1200 ކިލޯވޮޓްގެ އައު ޖެންސެޓެއް

ނެއްލައިދޫގެ އައު ޖެންސެޓް ބޭނުންކުރަން ފަށައިފި

Fenaka MD

ފެނަކައިގެ ޕްރޮކިއުމެންޓް، ޕީސީބީގެ އުސޫލުތަކާއި އެއްގޮތްކުރަނީ