ރައީސް މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމަށް ހުށަހެޅުނު ޕްރޮޕޯސަލްތަކަށް ރިޢާޔަތްކޮށް، އެ ރަށްތައް ކައުންސިލްތަކާ ޙަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.

މިނިންމެވުމާ ގުޅިގެން، ކައުންސިލްތަކަށް ރަށްތައް ޙަވާލުކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް، އަލްފާޟިލް އާދަމް ޝަރީފު، މިއަދު ފޭސްބުކް މެދުވެރިކޮށް ހާމަކުރައްވާފައިވެއެވެ. މި މަސައްކަތްތައް ކުރިއަށްދަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ އިސްނެގުމުގެ ދަށުންނެވެ.

މިނިސްޓަރުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޙަވާލުކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ:

އިޝްތިހާރު އިޝްތިހާރު

1. ރ. އިގުރައިދޫ ކައުންސިލަށް - ރ. ނެޔޮ
2. ދ. އަތޮޅު ކައުންސިލަށް - ދ. މިނިމަސްގިލި އަދި ދ. ފެންފުށި
3. ލ. މާވަށު ކައުންސިލަށް - ލ. ބޮޑުމާބުޅާ

މި ރަށްތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.