ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިޒްގެ ނިންމެވުމާ އެއްގޮތަށް 3 ކައުންސިލަކަށް ފަޅުރަށް ރަސްމީކޮށް ހަވާލުކޮށްފި

Dsc 0431
STO_Ads
TTH_Ads
Advertisement

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރު ވިސްނުންފުޅުގެ ދަށުން، މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ފުރަތަމަ ފަހަރަށް 3 ކައުންސިލަކަށް 4 ފަޅުރަށެއް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަޙްމަދު މާޒިންއާއި، ކައުންސިލްތަކުގެ ފަރާތުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ، “އަތޮޅު ކައުންސިލަކާއި 2 ރަށު ކައުންސިލަކަށް މިރަށްރަށް މިދޫކުރީ. ކޮންމެ ކައުންސިލެއްގެވެސް އެންމެ ބޮޑު ޒިންމާއަކީ އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި މަންފާ ލިބޭނެގޮތަށް މިރަށްތަކުގެ ބޭނުން ހިފުން” ކަމަށެވެ.

HajjCop_ads
Advertisement

ފަޅުރަށްތައް ހަވާލުކުރެވުނު ކައުންސިލްތަކަކީ:
1. ދ. އަތޮޅު ކައުންސިލް: ދ. މިނިމަސްގަލި އަދި ދ. ފެންފުށި
2. ރ. އިނގުރައިދޫ ކައުންސިލް: ރ. ނެޔޮ
3. ލ. މާވަށު ކައުންސިލް: ލ. ބޮޑުމާބުޅަލި

މި އެއްބަސްވުންތަކުގައި ދ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝާފިޢު، ރ. އިނގުރައިދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލް، އަދި ލ. މާވަށު ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަޙްމަދު މޫސާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ނިންމެވުން ނިންމެވީ، ބިން ކުޑަ ރަށްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދިނުމާއި، ކައުންސިލްތައް ޒިންމާދާރުކުރުވައި މާލީ ގޮތުން ބާރުވެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް ކަމަށް ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

މިއީ ލާމަރުކަޒީ ނިޒާމުގައި މިފަދަ މަސައްކަތެއް ކުރާ ފުރަތަމަ ފަހަރު ކަމަށްވާތީ، މިކަމަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނެވޭ އެއް ބޮޑު ބަދަލު ކަމުގައި ބެލެވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލީ އީސާ
ކައުންސިލްތަކަށް އާމްދަނި ލިބޭގޮތްމިވީ، ޝުކުރު

ގުޅުންހުރި

raees muiz

އޭޑީއެޗްޑީ ބަލި މީހުންނަށް ބޭނުންވާ ބޭހަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ބޭހުގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސަވައިފި

raees Muiz

ހުރިހާ ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

raees muiz

އޮޕަރޭޝަން ކުރަނގިއަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރާ އޮޕަރޭޝަނެއް: ރައީސް

muiz

އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް: ރައީސް