ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖަހާ ނިންމައި، ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

Big QRSrPxjBASQayqQiZw1g32vj6
STO_Ads
TTH_Ads
Maldivian_Ads
Advertisement

މާލޭގެ އުތުރު ފަރާތު ބަނދަރުގައި ތަރައްޤީކުރަމުން އަންނަ ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ހަފުތާގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ 15 މީޓަރުގެ ޖެޓީތަކުގެ ތަނބުތައް ޖެހުމާއި، ތަނބުތަކަށް ދަގަނޑު އެޅުމުގެ (ރެއިންފޯސްމަންޓް) މަސައްކަތެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި އެ މަސައްކަތްތައް ނިންމައިލުމަށްފަހު، ޖެޓީތަކުގެ ކޮންކްރީޓް މަސައްކަތްތައް ރަސްމީކޮށް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ޖުމްލަ 18.98 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހިމެނޭހެން ޖުމްލަ 6 ފިންގަރ ޖެޓީ ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

މި މަޝްރޫޢު ނިމި ބޭނުންކުރަން ފެށުމުން، ބަނދަރުގެ ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބި، ދަތުރުވެރިންނަށާއި އުޅަނދުފަހަރުގެ ފަޅުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. ޚާއްޞަކޮށް، ބޭރުގައި އަޅާފައި އޮންނަ ލޯންޗުތަކަށް އެރުމަށްޓަކައި އެއް އުޅަނދުން އަނެއް އުޅަނދަށް ހުރަސްކުރަން ޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ނުރައްކާތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މީގެއިތުރުން، އިސްރަށްވެހިންނާއި ކުޑަކުދިން އަދި ބަރު މުދަލާއި ލަގެޖާއެކު ދަތުރުކުރާ ފަރާތްތަކަށް ލޯންޗުފަހަރަށް އަރައި ފޭބުމުގައި ރައްކާތެރިކަމާއި ލުއިފަސޭހަކަން ކަށަވަރުވެގެންދާނެއެވެ. އަދި އެއްފަހަރާ ގިނަ އުޅަނދުތަކަކަށް ޖެޓީއާ ކައިރިކުރެވޭނެ ފުރުޞަތު ފަހިވެ، ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 17 at 10.05.30

ގެމަނަފުށީ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 10 15 at 15.58.36

ގާދިއްފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Original

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް

WhatsApp Image 2026 10 14 at 20.07.33

ދ. މީދޫ ޕޮލިސް ސްޓޭޝަންގެ މައި އިމާރާތުގެ މަސައްކަތް ކުރިއަށްއެބަދޭ: އެމްޓީސީސީ