ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެމަނަފުށީ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 10 17 at 10.05.30
TTH_Ads
STO_Ads
Maldivian_Ads
Advertisement

ގއ. ގެމަނަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށައިފިއެވެ.

މި މަޝްރޫޢަކީ 70.16 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 5 ސެޕްޓެމްބަރު 2023 ގައެވެ.

އާބާދީގައި 1,100 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ގެމަނަފުއްޓަކީ ރާއްޖޭގައި އެންމެ ބޮޑެތި މަސްދޯނިފަހަރު ދުއްވާ އަދި މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެމްޓީސީސީން ހާމަކުރާ ގޮތުގައި މި ބަނދަރު ތަރައްޤީކުރެވުމާއެކު، އުޅަނދުފަހަރު ވަދެނުކުރުމަށާއި އެޅުމަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، ރަށުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

HajjCop_ads
Advertisement

މި މަޝްރޫޢުގެ ދަށުން 37,516 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މެއިންޓެނަންސް ފުންކުރުމުގެ މަސައްކަތާއި، 65,330 ކިއުބިކް މީޓަރުގެ އާ ބަނދަރު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 201 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 11 މީޓަރުގެ ބޭރުތޮށި ލުމާއި، 221 މީޓަރުގެ ވެލިބުރި ބޭރު ރިވެޓްމެންޓް ޖެހުމާއި، 210 މީޓަރުގެ އެތެރެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އޭގެ އިތުރުން 405 މީޓަރުގެ އެއްގަމުތޮށި ލުމާއި، 2,635 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ފާލަމެއް ބިނާކުރުމުގެ އިތުރުން، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 15 at 15.58.36

ގާދިއްފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Original

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް

WhatsApp Image 2026 10 14 at 20.07.33

ދ. މީދޫ ޕޮލިސް ސްޓޭޝަންގެ މައި އިމާރާތުގެ މަސައްކަތް ކުރިއަށްއެބަދޭ: އެމްޓީސީސީ

Qw

އާރުޑީސީގެ ހިންގުން އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީއާ ހަވާލުކޮށްފި