ތ. ގާދިއްފުށީ ސްކޫލުގައި 10 ކްލާސްރޫމް އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއްނެތި ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންފިއެވެ.
މި މަޝްރޫއަކީ ގާދިއްފުށީ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަރިވަރުންނަށް އެކަށީގެންވާ ތައުލީމީ މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފްލޯގެ ކޮލަމް ކޮންކްރީޓް ކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާއިރު، މުޅި އިމާރާތުގެ އަމަލީ މަސައްކަތްތައް އެމްޓީސީސީން އަންނަނީ ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރަމުންނެވެ.

ގާދިއްފުށީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން 8 ފެބްރުއަރީ 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގާދިއްފުށީ ސްކޫލުގެ އިމާރާތުގެ މަސައްކަތާއި އަދި ސްކޫލާ ގުޅިފައިވާ ހުރިހާ މަސައްކަތްތަކަކީ ސަރުކާރުން އެންމެ އިސްކަންދޭ މަސައްކަތްތަކުގެ ގޮތުގައި ކުރިއަށްގެންދަވާނެ ކަމަށެވެ.
ސްކޫލް އިމާރާތުގެ މަސައްކަތް ނިމުމުން ގާދިއްފުށީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ކިޔަވައިދިނުމުގެ ވަސީލަތްތައް އިތުރަށް ފުރިހަމަވެގެންދާނެއެވެ.











ކިޔުންތެރިންގެ ހިޔާލު