ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިނގިލީގައި ތަރައްޤީކުރާ ވަޤުފް އިމާރާތް ޑިސެމްބަރުމަހަށް ނިންމަނީ

STO_Ads
TTH_Ads
Maldivian_Ads
Advertisement

ގއ. ވިލިނގިލީގައި ތަރައްޤީކުރާ ވަޤުފް އިމާރާތް މިއަހަރުގެ ޑިސެމްބަރު މަހައް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގެ އިތުރުން ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީއާއި އައްޑޫސިޓީ ހިތަދޫގެ އިތުރުުން ގއ. ވިލިނގިލީގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އަތޮޅުތަކުގައި އަޅާ ވަޤުފު ބިނާތަކުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން ގއ. ވިލިނގިލީގައި ބިނާކުރާ ވަޤުފް އިމާރާތް މި އަހަރު ޑިސެންބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ އިމާރާތް ކުއްޔައްދީގެން ލިބޭ ނަފާ ޚަދަރުކުރާނީ ކައުންސިލްގެ ފަރާތުން އެދާއިރާއެއްގެ އިސްލާމީ ކަންތައްތައް ކުރުމަށްކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި ވަޤުފުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީއާއި ގއ. ވިލިނގިލީގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހުގައެވެ. އަދި އައްޑޫސިޓީގައި ވަޤުފު އިމާރާތް ތަރައްޤީކުރުމަށް ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުގައެވެ. މިވަޤްފު މަޝްރޫޢުތަކުގައި ހިމެނެނީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސްއެކެވެ.

ޒަމާނީ ވަސީލަތްތަކާއެކު 3 ރަށުގައިވެސް ޤާއިމްކުރާ މިއިން ކޮންމެ މަޝްރޫޢަކަށް 10 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. އަދި އައްޑޫގައި ކުރިއަށްގެންދާ މަޝްރޫޢަށް 20 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

އަތޮޅުތަކުގައި ޤާއިމްކުރާ ވަޤުފް އިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ. މި އިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންނެވެ.

މާލެއާއި ހުޅުމާލޭގައިވެސް ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. މާލޭގައި ތަރައްޤީކުރާ ވަޤުފު އިމާރާތުން އަހަރަކު 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު ހުޅުމާލޭގައި ތަރައްޤީކުރާ ވަޤުފު އިމާރާތުން އަހަރަކު 60 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަނެއް ގާއިމުކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ގއ. ވިލިނގިލިން ހައްޔަރުކޮށްފި

ވިލިނގިލީގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކޮށްފި

އަލިފާނުގައި ގެއްލުންވި ގއ.އަތޮޅު ތަޢުލީމީ މަރުކަޒަށް ބޭނުންވާ ސާމާނު ފޮނުވައިފި