ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިނގިލީގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ގއ. ވިލިނގިލީގެ ފުރިހަމަ އަޣުލަބިއްޔަތު ވެރިކަންކުރާ ޕީއެންސީން ހޯދައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، ވިލިނގިލި ކައުންސިލްގެ ފަސް ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަސް ގޮނޑިއާއެކު ޖުމްލަ 10 ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މި ނަތީޖާއާއެކު އިދިކޮޅު އެމްޑީޕީއަށް އެރަށުން އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެއެވެ.

މި އިންތިހާބުގައި ވިލިނގިލި ކައުންސިލްގެ ރައީސްކަމަށް ވިޝާލް މުހައްމަދު އިންތިހާބުވެވަޑައިގަތްއިރު، ކައުންސިލް މެމްބަރުކަމަށް ހޮވިވަޑައިގަތީ މުހައްމަދު އަބްދުލްއަހަދު އާއި އަޝްރަގު ގާދިރެވެ. އަދި ކައުންސިލްގެ އަންހެން މެމްބަރުންގެ ގޮތުގައި އަޒީމާ ހަސަނާއި ސުއޫދާ ނާސިރު ވަނީ އިންތިހާބުވެވަޑައިގެންފައެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކަށް އައިޝަތު ސާޖިދާ އިންތިހާބުވެވަޑައިގަތްއިރު، އެ ކޮމިޓީގެ މެމްބަރުކަން ކާމިޔާބުކުރެއްވީ ޝަހުޒާ އަބްދުލްއަޒީޒާއި، ޝަޒްލީނާ މާހިރާއި، ޖީޒާ އަބްދުﷲ ގެ އިތުރުން ސިރިޔާޒާ އިބްރާހިމެވެ.

HajjCop_ads
Advertisement

މުޅި ރާއްޖެއަށް ބަލާއިރު މި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ. އެހެންނަމަވެސް، މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNC leadership

މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްގެންދާނީ ޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް: ޕީއެންސީ

pnc

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ އޮފިޝަލުންނާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކުރައްވައިފި

43

ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަނެއް ގާއިމުކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

Minister Rafiu

މިއީ އާ ފެށުމެއްގެ ގޮތުގައި ކުރިއަށްދާންވީ ވަގުތު: ރާފިޢު