ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ވަޢުދާ އެއްގޮތަށް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށްދާ ހުރިހާ ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި

WhatsApp Image 2026 10 07 at 10.27.44
Maldivian_Ads
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް ވަޑައިގަންނަވާ ހުރިހާ ޢުމްރާވެރިންނަށް، އެ މީހަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން އިތުރު އަގަކާ ނުލައި، ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެއްވެސް އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މީގެކުރިން ހަމަޖެހިފައިއޮތީ މާލެ ސިޓީގައި އެކަންޏެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖުވެރިންނަށް ދެއްވި ޔަޤީންކަމާ އެއްގޮތަށް، ޙައްޖު ކޯޕަރޭޝަނުން މިހާރު މިވަނީ އަންނަ ނޮވެމްބަރު ޢުމްރާއިން ފެށިގެން، މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުންވެސް، އިތުރު އަގަކާނުލައި ވެކްސިން ޖެހޭނެ މަގު ފަހިކޮށްދީފައިކަމަށް ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ މާލެ ސިޓީގައި ދިރިއުޅުއްވާ ފަރާތްތަކަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރުންކަމަށެވެ. އަދި މާލެ ސިޓީ ފިޔަވައި އަތޮޅުތެރޭގެ ރަށްރަށުން ވެކްސިން ޖަހަން ބޭޏުންވާ ފަރާތްތަކުން އެ ފަރާތެއް ހުރި ސަރަހައްދަކާ އެންމެ ކައިރިން ވެކްސިން ލިބެންހުރި މަރުކަޒަކުން ވެކްސިން ޖެހުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައިވާނެކަމަށް ކޯޕަރޭޝަނުން ބުންޏެވެ. އެހެންކަމުން ޙައްޖު ކޯޕަރޭޝަންގެ ފަހެލި ޕޯޓަލުން “ވެކްސިން ޖެހުމަށް އެދޭ ލިޔުން” ނަގައިގެން، އެންމެ ކައިރީގައިވާ ޞިއްޙީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ވަޑައިގަތުމުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މިއަދުން ފެށިގެން ވަނީ ހަމަޖެހިފައިކަމަށް ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ. އަދި، މި ލިޔުން ބޭނުންކުރައްވައިގެން، ސްޓޭޓްފާމާގެ ބޭސްފިހާރަތަކުން، އިތުރު އަގަކާނުލައި އިންފްލުއެންޒާ ވެކްސިންވެސް ލިބޭނެކަމަށްވެސް ބުންޏެވެ.

HajjCop_ads
Advertisement

ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ޖަހަންޖެހޭ ވެކްސިންތަކަކީ އިންފްލުއެންޒާ، މެނިންޖައިޓިސް އަދި ޕޯލިއޯ ވެކްސިނެވެ.

މި ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދަނީ ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި، ސްޓޭޓް ފާމާއާ ގުޅިގެންނެވެ. މިއީ ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށްވެސް ބުންޏެވެ.

މިކަމާ ގުޅޭގޮތުން އެއްވެސް އިތުރު މަޢުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ގުޅުއްވުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian hajj

ރަމަޟާންމަހުގެ ފަހު 15ގައި އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ

hulhumale

ހައްޖު ކޯޕަރޭޝަނުން ތަރައްޤީކުރާ “ނިއަމް ރެސިޑެންސް” ގެ އެޕާޓްމަންޓްތައް އާންމުކޮށް ވިއްކުމަށް ތައްޔާރުވަނީ

ސްޓޭޓް ފާމާއާ ޙައްޖު ކޯޕަރޭޝަން ގުޅިގެން ޙައްޖުވެރިންނަށް ބޭސް ފޯރުކޮށްދެނީ

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ