ކްޓޮކްގައި މަޝްހޫރު ފަޔާޒް ހަސަންގެ ދަރިފުޅި ފައްޔާހް ހަސަން ފަޔާޒް [ދޮންކަލޯ] އަށް އެހީ ހޯދުމަށް ރޭ ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ ލައިވްގައި ރެކޯޑް އަދަދަކަށް ފައިސާ ލިބިއްޖެ އެވެ.

ޓިކްޓޮކްގެ ގިނަ އަދަދެެއްގެ ހޯސްޓުން ގުޅިގެން ގެންދިޔަ ފަންޑްރެއިޒިން ހަރަކާތް ނިމުނުއިރު 1.2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ބައެއް ފަރާތުން ވަނީ ތަފާތު ތަކެތި ހަދިޔާވެސް ކޮށްފަ އެވެ.

ފައްޔާހަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. އުމުރުން 19 އަހަރުގެ ފައްޔާހް، ދިވެހީންގެ މެދުގައި މަޤުބޫލުވީ އޭނާގެ ބައްޕަ ޓިކްޓޮކްގައި އާންމުކުރަން ފެށި ވީޑިއޯތަކުންނާއި ލައިވްތަކުގެ ސަބަބުންނެވެ.

އިޝްތިހާރު އިޝްތިހާރު

ފައްޔާހް ބެލުމަށް ހުސްވެގެން ހުރި އޭނާގެ ބައްޕަ ގެންދިޔައީ އެ ދެބަފައިންގެ ލޯބިލޯބި ދިރިއުޅުމުގެ އެކި ކަންކަން ހިއްސާކުރަމުންނެވެ. ފަޔާޒްގެ ހިތުގައި އޭނާގެ ދަރިފުޅަށް އޮތް ޚާއްސަ ލޯބި ފެނި އެތައް ބައެއްގެ ތައުރީފު ލިބުނެވެ.

ޓިކްޓޮކްގެ ދިވެހި ކޮމިއުނިޓީން ފަންރެއިޒިން އިވެންޓެއް ބާއްވަން ނިންމީ ފައްޔާހަށް އޭނާގެ ބައްޕަ އަޅައިދޭން ފެށި ގެ ނުނިމި ދިގުލައިގެން ގޮސްފައިވާތީ އެ ގެ ނިންމުމުގެ މަސައްކަތަށް ފައިސާ ހޯދާށެވެ.

ރޭ ލައިވް ކުރިއަށް ދިޔައިރު އަބަދުވެސް 13 ވަރަކަށް ހާސް މީހުން ދިޔައީ ބަލަމުންނެވެ. އެތައް ހާސް ބަޔަކު ފައްޔާހަށް އެހީގެ ގޮތުގައި ފައިސާ ފޮނުވި އެވެ.

މިއީ ޓިކްޓޮކްގައި މިހާތަނަށް ހިންގި އެންމެ ކާމިޔާބު ހަރަކާތެވެ.