ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުން ސްކައުޓުންނަށް “ޓްރީ ގާޑިއަން” ބެޖު!

Big 9fimPf9YNfouXmHQg5H6SlC4h
STO_Ads
TTH_Ads
Maldivian_Ads
Advertisement

މިލިޔަން ގަސް އިންދުމުގެ ގައުމީ މަޝްރޫއުގައި ދިވެހި ސުކައުޓުންގެ ބައިވެރިވުމަށް ތިމާވެއްޓާބެހޭ ވުޒާރާއާއި ސުކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ސްކައުޓުންނަށް “ޓްރީ ގާޑިއަން ބެޖު” ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. ބެޖު އެކުލެވިގެންވަނީ މައިގަނޑު 5 ފިޔަވަޅެއްގެ މައްޗަށްކަމަށެވެ. ބެޖް ލިބޭނީ ގަސް އިންދުމަށްފަހު އެ ގަސް ދަސްކޮށް، ގަހުގެ ވަށައިގެންވާ މާހައުލު ދަސްކޮށް، ގަސް ބަލާ ބޮޑުކޮށް އަދި ވަޢުދު ފުރިހަމައަށް އަދާކުރުމުންނެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ 5 މިލިއަން ގަސް އިންދުމުގެ ވަޢުދަކީ މުޅި ރާއްޖެ ފެހިކުރުމުގެ މަތިވެރި ނިޔަތުގައި ކުރިއަށްގެންދެވޭ މަޝްރޫޢެއް ކަމަށެވެ. އަދި ސުކައުޓުން މިކަމަށް ދިން އިޖާބައަށް ވަޒީރު ވަނީ އިންތިހާއަށް ޝުކުރު އަދާކުރައްވާފައެވެ.

HajjCop_ads
Advertisement

ވަރަށް ރަނގަޅު އެއް ޕްރޮގްރާމް މިއީ އަޅުގަނޑުމެންނާ ވާހަކަ ދައްކައިގެން ބެޖެއްގެ ސިފައެއްގައި މިކަން ކުރެވޭނެ ގޮތަށް މިކަން ހަމަޖެހިސެވީމަ.

ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވިއެވެ.

ސުކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ އިސްމާއިލް ރިފާޢު ވިދާޅުވީ މިއަދަކީ ދިވެހި ސުކައުޓުންގެ ތާރީޚުގައި ތިމާވެއްޓާ ގުޅޭ ވަރަށް މުހިންމު ފިޔަވަޅެއް އެޅިގެންދިޔަ ދުވަހެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ތަޢާރަފްކުރެވޭ “ޓްރީ ގާޑިއަން ބެޖު” އަކީ ހަމައެކަނި ގަހެއް އިންދާލުމުން ދެވޭ ބެޖެއް ނޫންކަމަށާއި، އެއީ ގަސް ބަލަހައްޓައި ދިގުމުއްދަތަކަށް އޭގެ ޒިންމާ ނެގުމުން ލިބޭ ބެޖެއްކަން ފާހަގަކުރެއްވިއެވެ.

ގަސް ދިރުވާ ބޮޑުކޮށް، އެ ގަހުގެ ޒިންމާ އުފުލުމަކީ ދިގުމުއްދަތަކަށް ދެމިގެންދާ ވަރަށް ބޮޑު އަމާނާތެއް. މިއީ ސުކައުޓިންގެ އަސާސީ އުސޫލުތައް ކަމުގައިވާ ހިދުމަތްކުރުމާއި، ޒިންމާދާރުވުމާއި، އަމާނާތްތެރިކަމާއެކު އަމަލުން ތަފާތެއް ދެއްކުމާ ސީދާ ގުޅިފައިވާ ކަމެއް.

ސުކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ އިސްމާއިލް ރިފާޢު ވިދާޅުވިއެވެ.

ރިފާޢު ވިދާޅުވީ މި ބެޖު އެކުލެވިގެންވަނީ މައިގަނޑު 5 ފިޔަވަޅެއްގެ މައްޗަށްކަމަށެވެ. އެގޮތުން ހަމައެކަނި ގަސް އިންދފާ؛ލުމުން ނިމުނީ ނޫންކަމަށާއި، ގަސް އިންދުމަށްފަހު އެ ގަސް ދަސްކޮށް، ގަހުގެ ވަށައިގެންވާ މާހައުލު ދަސްކޮށް، ގަސް ބަލާ ބޮޑުކޮށް އަދި ވަޢުދު ފުރިހަމައަށް އަދާކުރުން ހިމެނޭނެކަމަށެވެ.

ބެޖު އެކުލެވިގެންވާ އުމުރުފުރާތައް:

  • 5 އަހަރާއި 11 އަހަރާ ދެމެދު: ގަހެއް އިންދައި، އެ ގަސް ހެދިބޮޑުވަމުންދާގޮތް ބަލައި ތިމާވެއްޓަށް ލޯބި އުފެއްދުން.
  • 11 އަހަރާއި 12 އަހަރާ ދެމެދު: ގަހާ ބެހޭ މައުލޫމާތު ހޯދައި ދަސްކޮށް، 1 މަސްދުވަހު ގަސް ބެލެހެއްޓުން.
  • 12 އަހަރާއި 18 އަހަރާ ދެމެދު: ގުރޫޕް ހަދައިގެން ރާއްޖެއަށް ޚާއްސަ ގަސްތައް އިންދައި، 2 މަހާއި 3 މަސްދުވަހުގެ މުއްދަތަކަށް ބެލެހެއްޓުން.
  • 18 އަހަރާއި 26 އަހަރާ ދެމެދު: މަޝްރޫއުތައް ރާވައި، ލީޑުކޮށް، ހަނގު އުމުރުފުރާގެ މެންބަރުންނަށް އިރުޝާދުދީ، 3 މަހާއި 6 މަސްދުވަހާ ހަމައަށް ނަތީޖާ މޮނިޓަރ ކުރުން.

މި ޕްރޮގްރާމްގެ ދަށުން ގަސް އިންދާނެ ތަނާއި ގަސްތައް ފޯރުކޮށްދޭނީ މިނިސްޓްރީގެ ފަރާތުންނެވެ. މިއީ ކުދިންގެ ތެރޭގައި އަމިއްލަ ޒިންމާދާރުކަމާއި ލީޑަރޝިޕް އަދި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެކެވެ. އަދި ރައީސުލްޖުމްހޫރިއަތާގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ނެގުނު މުހިންމު ނިންމުމެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގއ އަދި ގދ އަތޮޅަށް ޙާއްސަ ޤައުމީ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ ކާމިޔާބުކަމާއެކު ނިންމާލައިފި

cub scout

ޤައުމީ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބާއްވަނީ

kendhoo

ކެންދޫ ސްކޫލްގެ ސްކައުޓް ކޭމްޕަށް ގެންދިޔަ ގިނަ އަދަދެއްގެ އެއްޗެހި ވަގަށް ނަގައިފި

scout

ސްކައުޓު ޖަމްޢިއްޔާއާއި މަޖީދިއްޔާ ސްކައުޓު ޤުރޫޕުން ބޭއްވި ޔޫތް ލިޑަރޝިޕް ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި