ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކައުޓު ޖަމްޢިއްޔާއާއި މަޖީދިއްޔާ ސްކައުޓު ޤުރޫޕުން ބޭއްވި ޔޫތް ލިޑަރޝިޕް ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

scout
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެެ ސްކައުޓު ޖަމްޢިއްޔާ އާއި މަޖީދިއްޔާ ސްކައުޓު ޤުރޫޕުން ޒުވާނުންނަށް ޙާއްސަކޮށް ބޭއްވި ޔޫތް ލިޑަރޝިޕް ޓްރެއިނިންގ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މަޖިދިއްޔާ ސްކޫލުގެ ސްކައުޓު ޤުރޫޕުކަމުގައިވާ ފަސްޓް މާލެ ސްކައުޓު ޤުރޫޕުން މާލޭގައި ހޮސްޓުކުރި މި ކޯސް ކުރިއަށްދިޔައީ 4 ކުން 8 އޯގަސްޓް އަށް މާލޭގައި ހުންނަ ޔޫތު ހަބްގައެވެ. 17 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ޙާއްސަކޮށް ބޭއްވި މި ކޯހުގައި ސްކައުޓުންނާއި އަދި އެހެނިހެން ގޮތްގޮތުން ޖުމްލަ 50 ބައިވެރިން ބައިވެރިވެފައިވެއެވެ.

މި ކޯހަކީ ޒުވާނުން މަތި ފަންތީގެ މަޤާމުތަކަށް އަންނައިރު އެމީހުންނަށް ބޭނުންވާނެ ހުނަރުތައް ދަސްކޮށްދިނުމަށް ބޭއްވުނު ކޯހެކެވެ. މިގޮތުން، މި ކޯހުގެ ތެރެއިން ޒުވާނުން ކަންކަން ނިންމާ ނިންމުމުގެ އެކި ހަރުފަތްތަކުގައި ހަރަކާތްތެރިވާގޮތާއި، މަތީ ފަންތީގެ މަޤާމުތަކުގައި މާނަވީގޮތެއްގައި ހަރަކާތްތެރިވާނެގޮތްތަކާއި، އެކުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކޮށް، އިސްނެގުމާއި ކަންކަން ނިންމުމާއި ގުޅުންހުރި އެކި ހުނަރުތަކާއި ވިސްނަންޖެހޭ ކަންކަން ދަސްކޮށްފައިވެއެވެ.

HajjCop_ads
Advertisement

މި ކޯހަކީ ބައިނަލްއަޤްވާމީ ފެންވަރުގައާއި އެކި ބޭޜުގެ ސްކައުޓު ޖަމްޢިއްޔާ ތަކުންވެސް ކުރިއަށްގެންދާ ކޯހެކެވެ. މިއީ ރާއްޖޭގައި މި ކޯސް ކުރިއަށްގެންދެވުނު ފުރަތަމަ ފަހަރެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖައަށް ކަނޑައަޅުވާފައިވާ ސަފީރު، ޔަހްޔާ ބިން ހަސަން އަލް-ޤަހްތާނީއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ގައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޒުވާނުންނަށް ދޭ މިފަދަ ތަމްރީނުތަކަކީ އެތައް ގޮތަކުން ގައުމަށް ފައިދާކުރާނެ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.

“ޒުވާނުންނަކީ ކޮންމެ ގައުމެއްގައިވެސް ގައުމުގެ ކުރިއެރުމަށް ވަރަށް މުހިންމު ބައެއް. އެ މީހުންގެ ހިތްވަރާއި، ބުރަ މަސައްކަތަކީ މުސްތަޤުބަލު ބައްޓަން ކުރާ އެއްޗެއް. ޒުވާނުން ބާރުވެރިކުރުވައިގެން ލީޑަރޝިޕް ހޯދަން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް.” ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ބިން ހަސަން އަލް-ޤަހްތާނީ ވިދާޅުވިއެވެ.

މި ކޯހަކީ ސައުދީ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ވޯލްޑް ސްކައުޓިންގ އަދި ވޯލްޑް ސްކައުޓް ފައުންޑޭޝަން އާ ގުޅިގެން ކުރިއަށްގެންދާ “މެސެންޖާސް އޮފް ޕީސް ފަންޑު” ގެ ދަށުން މި ޖަމްޢިއްޔާއިން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމުގައިވާ “ޔޫތް ލީޑަރޝިޕް އެންޑް މެންބަރޝިޕް ގްރޮތް” ގެ ތެރެއިން ކުރިއަށްގެންގޮސްފައިވާ ކޭމްޕެކެވެ. މި ކޭމްޕުގެ އިތުރުން، މި ޕްރޮޖެކްޓުގެ ތެރެއިން އިތުރު ލީޑަރޝިޕް ކޭމްޕުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަދަން ކުއެސްޓް 2026: ސަރަޙައްދީ ސްކައުޓް ކޭމްޕް އައްޑޫ ސިޓީގައި ބާއްވައިފި

ސްކައުޓުގެ ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު (ބެން) ނިޔާވެއްޖެ

އޭޝިއާ ޕެސިފިކް ރީޖަން ސްކައުޓް އެވޯޑް ކުރީގެ ޗީފް ކޮމިޝަނަރ އަލި މަނިކަށް