ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަންޗިނީގެ އިރުޝާދުގެ ދަށުން އިޓަލީއަށް ފުރަތަމަ މޮޅު

Getty
STO_Ads
TTH_Ads
Maldivian_Ads
Advertisement

ބެލްޖިއަމް އަތުން ވީ ބައްޔަށްފަހު، މައިކަލް ކަޔޯޑޭ އާއި ޕިއޯ އެސްޕޮސިޓޯގެ މޮޅު ކުޅުމާއެކު ތުރުކީގެ މައްޗަށް 4-1 ގެ ބޮޑު މޮޅެއް އިޓަލީން ހޯދައިފިއެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، އިޓަލީން ވަނީ އެންމެ ފަހުން ކުރިމަތިވި ނާކާމިޔާބީއަށް ވަރުގަދަ ރައްދެއް ދީފައެވެ. ވަރަށް ފުރިހަމަ ނިންމުންތަކަކާއި އާ ހުނަރުވެރި ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދިޔަ މި މެޗުގައި، އިޓަލީން ވަނީ ތުރުކީގެ ބުރުސާގައި ކުޅުނު މި މެޗު ކާމިޔާބުކޮށް، އެ ޓީމުގެ ނޭޝަންސް ލީގުގެ އުއްމީދުތައް އާކޮށްފައެވެ.

ބެލްޖިއަމް އަތުން 2-0 އިން ބަލިވުމާ ގުޅިގެން ކުރިމަތިވި ފާޑުކިއުންތަކާއެކު، އިޓަލީން މި މެޗަށް ނުކުތީ އެ ޓީމުގެ ފެންވަރު ސާބިތުކޮށްދިނުމުގެ ވަރުގަދަ އަޒުމެއްގައެވެ. ހެޑް ކޯޗު ރޮބާޓޯ މަންޗިނީ ވަނީ ފުރަތަމަ އެގާރައަށް އަށް ބަދަލެއް ގެނެސް، ޓީމަށް ބޮޑު ބަދަލެއް ގެނެސްފައެވެ.

HajjCop_ads
Advertisement

މި މެޗުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މައިކަލް ކަޔޯޑޭ، މެޓިއޯ ރުގޭރީ އަދި ސެބަސްޓިއާނޯ އެސްޕޮސިޓޯ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗަށް ވުމެވެ. މީގެ އިތުރުން، ސެބަސްޓިއާނޯ އާއި އޭނާގެ ކޮއްކޮ ފްރެންޗެސްކޯ ޕިއޯ އެސްޕޮސިޓޯ އެކުގައި ކުޅެން އެރިއިރު، މިއީ 1915 ވަނަ އަހަރަށްފަހު އިޓަލީގެ ގައުމީ ޓީމުގައި ދެބެއިން އެކުގައި ކުޅެން އެރި ފުރަތަމަ ފަހަރެވެ.

ފިއޮރެންޓީނާގެ ކުރީގެ ކޯޗު ވިންޗެންޒޯ މޮންޓެލާގެ އިރުޝާދުގެ ދަށުން ކުޅުނު ތުރުކީ ޓީމަށް ވެސް ވަނީ މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅެން ޖެހިފައެވެ. ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ގޯލްކީޕަރު އުގުރްޗާން ޗަކީރު ސަސްޕެންޝަނުގައި ހުރިއިރު، ހަކާން ޗަނަނޮގްލޫ، ކީނާން ޔިލްޑިޒް އަދި މާޓް މުލްދޫރު ތިބީ އަނިޔާގައެވެ. ދެ ގައުމުވެސް ގްރޫޕް ‘އޭ’ ގެ ފުލުގައި އޮތުމުން، މިއީ ދެ ޓީމަށްވެސް އިންތިހާއަށް މުހިންމު މެޗެކެވެ.

މެޗުގެ ކުރީކޮޅު އިޓަލީން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެގޮތުން ފްރެންޗެސްކޯ ޕިއޯ އެސްޕޮސިޓޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ތުރުކީގެ ކީޕަރު ވަނީ އުނދަގުލުން ދިފާއުކޮށްފައެވެ.

ރަށުން ބޭރުގައި ތުރުކީ އާއި ދެކޮޅަށް ކުޅުނު މި މެޗުގެ 9 ވަނަ މިނިޓުގައި އިޓަލީގެ އަލެސަންދްރޯ ބަސްޓޯނީ ވަނީ ލަނޑެއް ޖަހާ އެޓީމަށް ކުރި ހޯދަދީފައެވެ.

އިޓަލީއިން މި މެޗުގައި ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 22 ވަނަ މިނިޓުގައި ޑޭވިޑް ފްރަޓޭސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ފަސް މިނިޓު ފަހުން ޑިފެންޑަރ މައިކަލް ކަޔޯޑޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ. މިއީ އިޓަލީގެ ގައުމީ ޓީމަށް ކަޔޯޑޭ ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު 3-0 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 2 ވަނަ މިނިޓުގައި ތުރުކީއިން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަރިސް އަލްޕާ ޔިލްމާޒް އެވެ.

ނަމަވެސް އޭގެ 3 މިނިޓު ފަހުން އިޓަލީގެ ޕިއޯ އެސްޕޮސީތޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފައެވެ.

މި މެޗުން އިޓަލީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު 2 މެޗުން ލިބިފައިވާ 3 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ މަގާމް ލިބިފައެވެ.

މަންޗީނީ ވަނީ 2018 އިން 2023 ގެ ނިޔަލަށް އިޓަލީގެ ގައުމީ ޓީމަށް ކޯޗު ކޮށްދީ 2020 ވަނަ އަހަރުގެ ޔޫރީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީއަށް ހޯދަދީފައެވެ.

 

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Getty

ފަހަތުން އަރައި ސްޕޭނުން ކްރޮއޭޝިއާ ބަލިކޮށްފި

Getty

ތުރުކީ އަތުން އިޓަލީއަށް މޮޅެއް

GettyImages 2298293457

އޮލިސޭގެ ލަނޑުތަކުން ބެލްޖިއަމް އަތުން ފްރާންސް މޮޅުވެއްޖެ

Rijeka croatia anthony gordon of england celebrates scoring his teams third goal with

އިންގްލެންޑުން ކްރޮއޭޝިއާ 7-0 އިން ބަލިކޮށް، ތާރީޚީ މޮޅެއް