ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންގްލޭންޑުގެ މައްޗަށް ކުރިހޯދައި ސްޕެއިންގެ ފެންވަރު ދައްކާލައިފި

England v spain uefa nations league league phase group a3 wembley stadium
Maldivian_Ads
STO_Ads
TTH_Ads
Advertisement

މިހާރު ކުރިއަށްދާ ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިންގްލޭންޑުގެ މައްޗަށް ސްޕެއިން ކުރި ހޯދައި ދުނިޔޭގެ ޗެމްޕިއަނުންގެ ފެންވަރު ދައްކާލައިފިއެވެ.

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި އެޤައުމާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. 84 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އާއި ދެކޮޅަށް އިންގްލެންޑް ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.

މި މެޗުގެ 2 ވަނަ މިނިޓުގައި ސްޕެއިނުން ވަނީ ލީޑު ނަގާ ކުރި ހޯދާފައެވެ. މި ލަނޑަކީ އިންގްލެންޑްގެ މާކް ގުއޭހީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލަމީން ޔަމާލް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއާއެކު އިންގްލެންޑުން ވަނީ އެ ޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 36 ވަނަ މިނިޓުގައި ބާސެލޯނާއަށް ކުޅެމުންދާ އެންތޮނީ ގޯޑަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އިންގެލްނޑްގެ ހެރީ ކޭން ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި އެ ޓީމަށް ލީޑު ނަގައިދީފައެވެ.

HajjCop_ads
Advertisement

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ޕެނަލްޓީ އޭރިޔާ ތެރެއިން ޖޫޑް ބެލިންހަމްއަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ އިންގެލްންޑްއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ހެރީ ކޭން ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ.

މެޗުގެ ނަތީޖާ ސްޕެއިނުން އެއްވަރުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެލެކްސް ބައޭނާ މެޗުގެ 60 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. ސްޕެއިން މޮޅުކޮށްދިން ލަނޑަކީ މެޗުގެ 74 ވަނަ މިނިޓުގައި އެލެކްސް ބައޭނާ ދިން ޕާހަކުން މިކޭލް އޮޔަރްޒަބާލް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އިން މި މެޗުން މޮޅުވުމާއިއެކު އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ވަނީ 39 މެޗަށް ދެމިގެންގޮސްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images (2)

ސްޕެއިންގެ ކޯޗު ޑެލަފުއެންޓޭގެ ކޮންޓްރެކްޓް އައުކުރަން ނިންމައިފި

Big mX3zHfspokOZXLlMn7w7etivM (1)

ބާސާއިން ރޮޑްރީ އާންމުކޮށް ދައްކާލައިފި

WhatsApp Image 2026 08 16 at 22.55.30

ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުންދަނިކޮށް ބޯޓު ވެއްޓި އަނިޔާވި ދިވެހި ދަރިވަރުގެ އޮޕަރޭޝަނެއް ކޮށްފި

ސްޕެއިންގައި ކުޑަ މަތިންދާބޯޓެއް ވެއްޓި ދިވެހި ދަރިވަރަކަށް ސީރިއަސް އަނިޔާތަކެއް