ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހާލަންޑުގެ 2 ލަނޑުން ނޯވޭ ފެށީ މޮޅަކުން

Images (19)
Maldivian_Ads
TTH_Ads
STO_Ads
Advertisement

ޔޫއެފާ ނޭޝަންސް ލީގު އޭގެ ގްރޫޕް 4 ގައި ރޭ ނޯވޭ އާއި ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގައި އާލިން ހާލަންޑް ޖެހި ދެ ލަނޑާއެކު 3-2 ގެ ނަތީޖާއަކުން ނޯވޭ މޮޅުވެއްޖެއެވެ.

ނޯވޭގެ އޮސްލޯގެ އުލެވާލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި ނޯވޭއިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފުލަމްއަށް ކުޅެމުންދާ އޮސްކާ ބޮބް އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

ނަމަވެސް މެޗުގެ 25 ވަނަ މިނިޓުގައި ޑެންމާކްގެ މިކެލް ޑަމްސްގާޑް ވަނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.

HajjCop_ads
Advertisement

ޑެންމާކuން މެޗުގެ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 60 ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ޑެންމާކްގެ ރަސްމުސް ހޮއިލަންޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި މެޗުން ނޯވޭ މޮޅުވި ލަނޑު މެޗުގެ 74 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާޓިން އޮޑެގާޑް ދިން ޕާހަކުން ހާލަންޑްއެވެ.

ނޯވޭ އިން މި މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑޭވިޑް މޮލާ ވޮލްފް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު މެޗުގެ އިންޖަރީ ވަގުތުގައި ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނޯވޭގެ ރަސްގެފާނު ހެރަލްޑް 5ވަނަ އަވަހާރަވުމުން، ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

B52c334b 09c5 4c3b b119 aec2d7a06c8c

ހާލަންޑަށް ދުނިޔޭގެ 4 ރެކޯޑެއް

P3GXUDFBTNPGLI2IGY6DYKQUNI

އިންގްލޭންޑުގެ ފުރަތަމަ ލަނޑުގެ ކުރިން ބޯޅަ ކެމެރާ ކޭބަލްގައި ޖެހުނު: ނޯވޭގެ ކޯޗު

Images (1)

ހާލަންޑުގެ ލަނޑުން ނޯވޭ މޮޅުވެ ގަދަ 16އަށް