ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެލިވަރުގައި ތަރައްޤީކުރާ އައު ކޯލްޑު ފެސިލިޓީގެ މަސައްކަތް ނިމުމަކާގާތަށް

Big YBVE1NAFv44P88RSL38RYNWSs
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޅ.ފެލިވަރުގައި ތަރައްޤީކުރަމުން އަންނަ ކޯލްޑް ސްޓޯރޭޖު ފެސިލިޓީ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައި އެތަނުގެ ފިނިޝިންގެ މަސައްކަތްތައް ފަށައިފިއެވެ.

ފެލިވަރު އައު ކޯލްޑް ސްޓޯރޭޖުގެ މަސައްކަތަކީ ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާ މަސައްކަތަކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏަކާއެވެ. މި މަޝްރޫޢުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ސީދާ ފެލިވަރަށް މަސް ކިރޭނެއެވެ. ގާތްގަނޑަކަށް 23 މިލިޔަން ޑޮލަރުގެ މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަމުން އެ މަސައްކަތް ކުރިއަށްގެންދާ ރައިނެކް އިންޑިއާ ލިމިޓެޑްގެ ޕްރޮޖެކްޓު މެނޭޖަރ އާސިފް ވިދާޅުވީ، މަސައްކަތުގެ 93 އިންސައްތަ މަސައްކަތް ނިމިފައިވަކަމަށެވެ. މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތައްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކޮމިޝަންކުރަންޖެހޭ ތަކެތި ކޮމިޝަންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި މަޝްރޫޢުގައި 3 އިމާރާތެއްގެ މަސައްކަތް ހިމެނެއެވެ. ކޮންމެ އިމާރާތެއްގައިވެސް މުހިންމު ގިނަ ޚިދުމަތްތަކެއް ޤާއިމްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މި ތަނުގެ ފިނިޝިންގ މަސައްކަތްތައް ނިންމާ މިއަހަރުގެ މަސްވެރިންގެ ދުވަހު މިތަން ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ބިލްޑިން އޭ އަކީ 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އިމާރާތެއް. ބިލްޑިން ބީގައި 80 ޓަނުގެ އާރްއެސްޑަބްލިއު ސިސްޓަމް، 100 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއަކާއި ބިލްޑިން ސީ އެއީ ކަރަންޓު ދިނުމަށް ޚާއްސަ އިމާރާތެއްކަމަށް. އަދި މި ޕަވަރ ހައުސް ބޭނުން ކުރަން ފެށުމުން މުޅި ރަށަށް ކަަރަންޓު ދޭނީ އެ ތަނުން.

އާސިފް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި ޤާއިމުކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ. މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ވަސީލަތްތައް ޤާއިމްކުރަނީ ސަރުކާރުން އެކަމަށް ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގެ ސަރަޙައްދުގައެވެ. މި މަޝްރޫއުގެ ތެރެއިން ޤާއިމްކޮށްފައިވާ އައު ބަނދަރުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ. މަސްކިރާ އުފުލުމަށް ބަނދަރުގައި 3 ކެރޭން ނުވަތަ މަސް އުފުލާ ވަސީލަތްވަނީ ޤާއިމްކޮށްފައެވެ.

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ ސަބަބުން އުތުރުގެ މަސްވެރިން ކޫއްޑޫއަށް މަސްކިރަން ދިއުމަށް ކުރާ ދިގު ދަތުރުތައް ނިމުމަކަށް އަންނާނެކަމަށް މިފްކޯއިން ބުންޏެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HSEwq3va4AAfplB

މިދިޔަ ހަފްތާގައި އިތުރު 4 ކަނދުފަތި އަޅައިފި

Main 20250410

މިހާތަނަށް 99 ކަނދުފަތި އަޅައިފިން: މަސްވެރިކަމާބެހޭ ވުޒާރާ

IMG

މިހާތަނަށް މަސްވެރިންނަށް 2.2 ބިލިޔަން ރުފިޔާ ދޫކުރެވިއްޖެ: ޝިޔާމް

masverin

މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގެނައި އިޞްލާހު ތަސްދީޤުކޮށްފި