ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓޭޝަން މެނޭޖަރުންނަށް ތަމްރީނު ޕްރޮގްރާމެއް ސްޓެލްކޯއިން ފަށައިފި

AISelect 20260923 164719 Facebook
TTH_Ads
STO_Ads
Maldivian_Ads
Advertisement

ސްޓެލްކޯއިން އަލަށް ޚިދުމަތްދޭން ފަށާފައިވާ ކ. ހުރާ އާއި، ބ. އަތޮޅާއި، ޅ. އަތޮޅުގެ އިތުރުން މ. އަތޮޅުގެ ސްޓޭޝަން މެނޭޖަރުންނާއި ވަގުތީގޮތުން އިންޖީނުގެތަކާ ހަވާލުވެވަޑައިގެން ތިއްބެވި ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ އަލަށް ސްޓެލްކޯގެ ދަށަށް ގެނެވުނު އިންޖީނުގެތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ކުންފުނީގެ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަޤުޞަދުގައި ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން އިންޖީނުގެތައް ހިންގުމުގައި ދިމާވާ ފަންނީ މައްސަލަތައް ޙައްލުކުރާނެ ގޮތްތަކާއި، އިދާރީ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ. އަދި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދެވޭނެއެވެ.

މީގެ އިތުރުން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގައި ގެންގުޅެންޖެހޭ ރަނގަޅު އުޞޫލުތަކާއި، ކަސްޓަމަރުންނަށް ދިމާވާ ދަތިތައް އަވަހަށް ޙައްލުކޮށްދިނުމުގެ ހުނަރުތައް މި ތަމްރީނުގެ ތެރެއިން އުނގަންނައިދެވޭނެއެވެ. ސްޓެލްކޯއިން އަތޮޅުތެރޭގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި، އެ ކުންފުނިން ދަނީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، ރަށްރަށުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

HajjCop_ads
Advertisement

ސްޓެލްކޯގެ އަމާޒަކީ މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައި އެ ކުންފުނިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް އެންމެ ފުރިހަމަ އަދި އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މިގޮތުން އަލަށް ހަވާލުވި އިންޖީނުގެތަކުގެ މެނޭޖަރުންނަށް މިދެވޭ ތަމްރީނަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HUz1OShbsAA38Gz

ހއ. އަތޮޅުގެ ކަރަންޓުގެ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވެއްޖެ

ސްޓެލްކޯއިން ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް

ހުޅުމީދޫގައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ސްޓެލްކޯއިން މަރާމާތުކޮށް ބޭނުންކުރަން ފަށައިފި