ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޖިނިއަރިން ދާއިރާއިން ކުރިއަށްދިއުމަށް ސްޓެލްކޯގައި އަބަދުވެސް ފުރުޞަތު އޮންނާނެ: ޑރ. އަޒުވަރު

stelco MD
Maldivian_Ads
TTH_Ads
STO_Ads
Advertisement

އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ސްޓެލްކޯއިން އެ ފުރުޞަތު އަބަދުވެސް އޮންނާނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

ޤައުމީ އިންޖީނޭރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖުގައި އަޒްވަރު ވިދާޅުވީ، ޤައުމު ބިނާކުރުމުގެ ބުރަ އަދި ޤައުމީ މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އެންމެހައި އިންޖިނޭރުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ޚާއްޞަކޮށް އެއިންޖިނޭރަކަށްޓަކައި ނުހަނު ފަޚުރުވެރިވާ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދަންނަވާކަމަށްވެސް ޑރ. އަޒުވަރު ވިދާޅުވިއެވެ.

ޑރ. އަޒުވަރު ވިދާޅުވީ އިންޖިނިއަރިންގ ދާއިރާއަކީ ކޮންމެ ޤައުމެއްގެވެސް ތަރައްޤީއާއި ތަހުޒީބުގެ މައިބަދަކަމަށާއި ސްޓެލްކޯގެ އެންމެ ބޮޑު އެއް ފަޚުރަކީ އެ ޓީމުގައި ތިއްބެވި ޤާބިލު، ސައްތައިންސައްތަ ދިވެހި ހުނަރުވެރި އިންޖިނޭރުންކަމަށެވެ. އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ފަންނީ ތަމްރީނު ޙާޞިލުކޮށްގެން ތިބި ގިނަ ޢަދަދެއްގެ ދިވެހި އިންޖިނޭރުން އެކުންފުނީގެ ޚިދުމަތުގައި ސާބިތުވެ ތިބިކަމީ ކުންފުންޏަށް ލިބޭ ޝަރަފެއްކަމަށެވެ. ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ހުއްޓުމެއްނެތި، 24 ގަޑިއިރު އެންމެ ފުރިހަމަ ފެންވަރުގައި ފޯރުކޮށްދިނުމުގައި ދެމިތިބުމުގެ އަސްލަކީވެސް އެ ހުނަރުވެރި ޓީމުގެ ބުރަ މަސައްކަތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އަޒްވަރު ވިދާޅުވީ މި މުހިންމު ދުވަހު ހަނދާން އައުކުރަނީ، މާޒީގައި ވަސީލަތްތައް މަދު، އިންޖިނިއަރިންގ ކިޔެވުމަކީ ނުހަނު ދަތި އަދި ބުރަ ކަމެއްގެ ގޮތުގައި އޮތް ޒަމާނުގައި، އެތައް ގޮންޖެހުންތަކާއެކު ތަޢުލީމު ޙާޞިލުކުރައްވައިގެން ސްޓެލްކޯއާ ގުޅިވަޑައިގެންނެވި އިންޖިނޭރުންގެ ވާހަކަކަމަށެވެ. އަދި މިއަދު މި ދެކޭ ތަރައްޤީގެ ބިންގަލަކީ އެ ބޭފުޅުންގެ ދަލާއި ލޭކަމަށާއި މި މުނާސަބަތުގައި، މިހާރުވެސް ކުންފުނީގެ ހިދުމަތުގައި ދެމިތިބި އިންޖީނޭރުންނާއި، ކުންފުންޏަށާއި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ އިންޖިނޭރުންގެ ޚިދުމަތުގެ އަގު އުފަލާއެކު ވަޒަންކުރާކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

ސްޓެލްކޯއިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގެ ތަމްރީނުތައް ހޯދައިދިނުމަށްކަމަށާއި އެގޮތުން، ދުނިޔޭގެ މަޝްހޫރު އިންޖިނިއަރިންގ ކުންފުނިތަކުގެ ތަޖުރިބާ ހޯދައިދިނުމަށް، ޔޫރަޕްގެ ޤައުމުތަކަށް ފޮނުވައިގެންވެސް އިންޖިނޭރުންނަށް ވަނީ ޚާއްޞަ ތަމްރީނުތައް ފޯރުކޮށްދެވިފައިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ނިމިދިޔަ 2 އަހަރަށް ބަލާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުން 2024 ވަނަ އަހަރު 535 ފުރުޞަތު އަދި 2025 ވަނަ އަހަރު 947 ފުރުޞަތު އެކުންފުނީގެ މުވައްޒަފުންނަށް ވަނީ ހޯދައިދެވިފައިކަމަށް ވިދާޅުވިއެވެ. އަދި އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތައް މިހާރުވެސް މިވަނީ ފަހިކޮށްދީފައިކަމަށް ވިދާޅުވިއެވެ. ޑރ. އަޒުވަރު ވިދާޅުވީ މިއަދު ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމަކީ، ސްޓެލްކޯގެ ގިނަ އިންޖިނޭރުންނަކީ އެ ކުންފުނިން އުނގަންނައިދީ ތަމްރީނުކޮށް ނެރެދީފައިވާ އިންޖިނޭރުންކަމަށެވެ.

އަޒުވަރު ވިދާޅުވީ މިހާރު އިންޖިނިއަރިންގ ދާއިރާ ޚިޔާރުކުރާ ދަރިވަރުންގެ ޢަދަދު ނިސްބަތުން މަދުނަމަވެސް، މިއީ އުފެއްދުންތެރިކަމާއި ކުރިއެރުމުން ފުރިގެންވާ، ޤައުމު ބިނާކުރުމަށްޓަކައި ޚިޔާރުކުރަން ނުހަނު މުހިންމު، ފުރުޞަތުތައް ތަނަވަސް، ދާއިރާއެއް ކަމަށެވެ. އަދި ސްޓެލްކޯގެ ދޮރުތަކަކީ އަބަދުވެސް އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް މަރުޙަބާ ކިޔުމަށް ހުޅުވިފައިވާ ދޮރުތަކެއްކަމަށާއި އަމާޒަކީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް އަހުލުވެރި، ޤާބިލު ދިވެހި ޖީލެއް ބިނާކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco MD

އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް ސްޓެލްކޯގެ ދޮރުތައް ވަނީ ހުޅުވިފައި: ޑރ. އަޒްވަރު

Img md 202608240914241787588064.8621

ތުލުސްދޫގައި ކުރިއަށްދިޔަ އިންޖީނު ތަމްރީނު ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ދީފި

WhatsApp Image 2026 08 18 at 20.03.17

ސްޓެލްކޯއިން އިސްނަގައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށް “އެޗް.އާރް އިންސައިޓް” ފޯރަމް ބާއްވައިފި

އޭދަފުށީގައި 1.2 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމު އިފްތިތާޙުކޮށްފި