ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުވަސްވީ މުވައްޒަފުން ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި: ޑރ. އަޒްވަރު

WhatsApp Image 2026 09 02 at 17.25.01
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޚިދުމަތުގައި ގިނަ ދުވަސް ވެފައިވާ މުވައްޒަފުން ކުންފުންޏާއި ވަކިވެގެން ދިއުމަކީ ލިބޭ ދެރައެއް ނަމަވެސް، އެ މުވައްޒަފުން ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްޓެލްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ދެ މުވައްޒަފަކު ޚިދުމަތުން ވަކިވެވަޑައިގަތުމާ ގުޅިގެން އެ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބުދަ ދުވަހު ބޭއްވި ޙަފުލާގައެވެ. ޑރ. އަޒްވަރު ވިދާޅުވީ ތަޖުރިބާކާރު އެފަދަ ބޭފުޅުން ކުންފުންޏާއި ވަކިވެގެން ދިއުމަކީ ކުންފުންޏެއްގެ ޙައިސިއްޔަތުން ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އެގޮތުން ކަންކަން ތަރައްޤީކުރުމުގެ ގޮތުން އިންޖީނުތައް އިތުރުކޮށް، އައު މޮޑެލްތައް ހޯދައި، ޢިމާރާތްތަކުގެ އާބާތުރަފިލުވައި ހެދުނު ނަމަވެސް އެފަދަ ފަރާތްތަކުގެ ތަޖުރިބާ އަލުން ލިބި ނުގަނެވޭނެ ކަމަށް ޑރ. އަޒްވަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން އެފަދަ މުވައްޒަފުން ގެންގުޅޭ އިންސްޓިޓިއުޝަނަލް މެމޮރީއަކީ މައްސަލަތަކަށް ޙައްލު ހޯދުމަށާއި ކުންފުނި ތަރައްޤީކުރުމަށް ވަރަށް މުހިންމު އެއްޗެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ޑރ. އަޒްވަރު ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް، ޚިދުމަތުން ވަކިވި މުވައްޒަފުންނަކީ ރަނގަޅު ލެގަސީއެއް ދޫކުރައްވާފައި ވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. އެގޮތުން އެ ބޭފުޅުންގެ ދަށުން މަސައްކަތްކުރަމުންދިޔަ ޒުވާން ޖީލުތަކަށް އެ ބޭފުޅުން ގިނަ ފިލާވަޅުތަކެއް ދަސްކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޙަފުލާގައި ޚިދުމަތުން ވަކިވެވަޑައިގެންނެވި ދެ ބޭފުޅުންނަކީ ވޭތުވެދިޔަ 48 އަހަރު ކުންފުންޏަށް ޚިދުމަތްކުރައްވާފައިވާ ސަރވިސް އިންޖިނިއަރ މުޙައްމަދު މަނިކާއި، ވޭތުވެދިޔަ 37 އަހަރު ކުންފުންޏަށް ޚިދުމަތްކުރައްވާފައިވާ އެސިސްޓަންޓް ސަރވިސް އިންޖިނިއަރ އަޙްމަދު މައުރޫފެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HUz1OShbsAA38Gz

ހއ. އަތޮޅުގެ ކަރަންޓުގެ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވެއްޖެ

ސްޓެލްކޯއިން ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް

ހުޅުމީދޫގައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ސްޓެލްކޯއިން މަރާމާތުކޮށް ބޭނުންކުރަން ފަށައިފި