ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް ބާރަށް ކުރިއަށް

WhatsApp Image 2026 09 21 at 20.29.37
Maldivian_Ads
TTH_Ads
STO_Ads
Advertisement

ހއ. ދިއްދޫގައި އިމާރާތް ކުރާ ހއ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތުގެ ތެރެއިން ލީން ކޮންކްރީޓް ކުރުމާއި، ސްޓްރިޕް ފޫޓިން ކޮންކްރީޓް ކުރުމުގެ މަސައްކަތުގެ އިތުރުން ޓައި ބީމްގެ ރީއިންފޯސްމަންޓާއި ޝަޓަރިންގް މަސައްކަތްތައް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއަކީ ދިއްދޫގެ އިތުރުން މުޅި ހއ. އަތޮޅުގެ ރައްޔިތުންނަށް ޒަމާނީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބިންގާ އަޅާފައިވަނީ ދެހާސް ފަންސަވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ބާވީސް ވަނަ ދުވަހުއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން ފަންސާސް އެނދުގެ ޖާގައިގެ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ އިތުރުން، އެއް ފަންގިފިލާގެ 24 ބްލޮކަކާއި ވަށާފާރު ރޭނުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 185.5 މިލިއަން ރުފިޔާއަށް، 780 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

HajjCop_ads
Advertisement

ހަތަރު ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ދިއްދޫއަކީ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވުމުން، ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ސިއްހީ ފަރުވާ ހޯދުމަށް އެ ރަށަށް ދަތުރުކުރެއެވެ. ނަމަވެސް، މިހާރު ބޭނުންކުރަމުންދާ އަތޮޅު ހޮސްޕިޓަލް ބާވެ، ހިދުމަތްތައް ފުޅާނުވެ އޮތުމަކީ އަތޮޅުގެ ރައްޔިތުން އަބަދުވެސް ކުރަމުން އަންނަ ބޮޑު ޝަކުވާއެކެވެ.

މި މަޝްރޫއު ނިމުމުން، ކުޅުދުއްފުށި ސިޓީއަށް ނުވަތަ މާލެ ސިޓީއަށް ދާންނުޖެހި، ތިލަދުންމަތީގެ ރައްޔިތުންނަށް އަމިއްލަ ސަރަހައްދުން ޒަމާނީ ސިއްހީ ފަރުވާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. އެމްޓީސީސީން ބުނެފައިވަނީ ދިއްދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ނިމުމާއެކު، ތިލަދުންމަތީގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M Moosa Rasheed
Dhuve Dhuveves Athunuveetha

ގުޅުންހުރި

Big QRSrPxjBASQayqQiZw1g32vj6

ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖަހާ ނިންމައި، ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

WhatsApp Image 2026 10 17 at 10.05.30

ގެމަނަފުށީ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 10 15 at 15.58.36

ގާދިއްފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Original

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް