ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

WhatsApp Image 2026 03 03 at 15.12.34
Maldivian_Ads
TTH_Ads
STO_Ads
Advertisement

ހއ. ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައ،ި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފަޔާޒެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދުއެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް، ޕިޗު ހަދައ،ި ބައުންޑަރީ ފާރު ޢިމާރާތްކޮށ،ް ފެންސްޖަހައ،ި ލައިޓިންގް ސިސްޓަމް ހަރުކޮށ،ް އަދި ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކުރާނެ އެވެ.

HajjCop_ads
Advertisement

މިއީ 28.50 މިލިއަންރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. 4,186 މީހުންގެ އާބާދީއެއް އޮންނަ ދިއްދޫ އަކީ ހއ. އަތޮޅު ވެރިކަން ކުރާ ރަށެވެ.

މިރަށުގައި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނަށް ސިއްޙީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންގެންދާނެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީއިން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 16 at 20.02.31

ކުޑަފަރީ ސިއްޙީ މަރުކަޒުގެ އާ އިމާރާތް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

WhatsApp Image 2026 09 16 at 16.05.16

ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 16 at 15.11.56

މުރައިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

WhatsApp Image 2026 09 15 at 21.47.12

އިންނަމާދޫ ސްކޫލް މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ބާރަށް ކުރިއަށް