ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޭޕާލުގެ ޤާނޫނުއަސާސީގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލުގެ ޤާނޫނުއަސާސީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް، ރައިޓް އޮނަރަބަލް ރާމްޗަންދްރަ ޕޯޑެލް އާއި ބޮޑުވަޒީރު، ރައިޓް އޮނަރަބަލް ބަލެންދުރަ ޝާހަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސެޕްޓެމްބަރު 19 ވީ ހޮނިހިރު ދުވަހު، ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ނޭޕާލާ ދެމެދުގައި އޮތް ގާތް ގުޅުމަކީ އިޙްތިރާމާއި، ސުލްޙަމަޞްލަޙަތާއި، ހަމަޖެހުމާއި، ރައްޔިތުންގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ބަދަހި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއިން އިސްކަންދޭކަން ކަށަވަރުކޮށްދެއްވަމުން، ދެ ޤައުމާއި ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި ދޭދޭ ގުޅުންތަކުގެ ތެރެއިންނާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ ނޭޕާލުގެ ދެ ލީޑަރުންނަށް ފުރިހަމަ ޞިއްޙަތާއި އުފާވެރިކަމަށް އެދިވަޑައިގަންނަވަމުންނާއި، ނޭޕާލުގެ ރައްޔިތުންނަށް އަމާންކަމާއި، އެކުވެރިކަމާއި، ފާގަތިކަމަށް އިޚްލާޞްތެރިކަމާއެކު އެދިވަޑައިގަންނަވަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ސުކޫކު އެއްކޮށް ދައްކަން ނިންމެވި ސަބަބަކީ، ދަރަނިން ސަލާމަތްވުމާއި، ހަރުމުދާތައް ރަހުނުން ސަލާމަތްކުރުން: ރައީސް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Muiz

ރައީސް މުއިއްޒަށް ދެވަނަ ދައުރެއްގެ ރިޔާސީ ޓިކެޓު އަރުވައިފި

raees muiz

އެމަޖެންސީ ހާލަަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަތަކަށް އެނގޭނެ ނިޒާމެއް ޤާއިމްކުރަނީ