ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި ސީޒަންގައި ފުރަތަމަ ފަހަރަށް އާސެނަލް ބަލިވެއްޖެ

GettyImages 2296079383
STO_Ads
TTH_Ads
Maldivian_Ads
Advertisement

އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް މި ސީޒަންގައި  ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ބައްދަލުކުރި މެޗުން އާސެނަލް ބަލިވެފައިވަނީ  3-0އިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަން އިންނެވެ. އެންމެ ފަހުން ކޮވެންޓްރީ އާއި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު ދެމެޗުގައި ހޯދުނު ކާމިޔާބީއަށްފަހު މިމެޗުގައި ބްރައިޓަން ފެނިގެންދިޔައީ ވަރަށް އިތުބާރާއެކު ކުޅެމުންދިޔަ ތަނެވެ. ނަތީޖާ އަކަށް ވީ، މެޗުގެ 31 ވަނަ މިނެޓުގައި ބްރައިޓަން އިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕަސްކަލް ގްރޮސްއެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ގްރޮސް އާސެނަލްގެ ގޯލަށް ފޮނުވާލި ހަމަލާ ވަދެފައިވަނީ ގޯލްގެ ދަނޑީގައި ޖެހިފައެވެ.

HajjCop_ads
Advertisement

އެންމެ ފަހުން ކުޅުނު ނުވަ މެޗު ކާމިޔާބު ކޮށްފައިވާ އާސެނަލްއަށް މިމެޗުގައި ހަމަޖެހިލާނެ އެންމެ ވަގުތު ކޮޅެއްވެސް ބްރައިޓަން އިން ދިން ތަނެއް ނުފެނުނެވެ. މިމެޗުގައި އާސެނަލްއަށް ނަތީޖާ ހަމަހަމަ ކުރުމަށް އެންމެ ރަނގަޅު ފުރުސަތު ލިބުނީ ފުރަތަމަ ހާފުގެ ފަހު މިނެޓްގައި އުފެއްދި ހަމަލާއެއްގައެވެ. ނަމަވެސް ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާއެއް އެހެން ކުޅުންތެރިއެއް ގައިގައި ޖެހިފައި ބުކާޔޯ ސާކާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ނަތީޖާއަކަށް ވީ، ބްރައިޓަންއިން އެޓީމުން މެޗުގެ ލީޑު ފުޅާކުރުމެވެ. އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޗަރަލަމްޕޯސް ކޮސްޓޫލަސްއެވެ. ބްރައިޓަން އިން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކާމިޔާބު ކޮށްދީފައިވަނީ ޗެމާ އަންޑްރޭސްއެވެ. އަދި އެޓީމުގެ ޑިފެންޑަރ ޕަސްކަލް ސްޓުރުއިކްއަށް އެޓީމުގެ ލީޑު އިތުރަށް ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.

މިމެޗުގެ ފަހު ކޮޅު އާސެނަލްއަށް ލަނޑެއް ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ ކައި ހަވާޓްޒް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ސީދާ ކީޕަރ ބާޓް ބަރބްރޫގަން އާއި ދިމާލަށެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ބްރައިޓަން މިވަނީ ލީގުގައި މިހާތަަނަށް ކުޅުނު 5 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިނާކާމިޔާބީ އާއެކު އާސެނަލް އުޅެނީ 12 ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ތާވަލްގެ ދެވަނައަށް ވެއްޓިފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2295073812

ކުޅުންތެރިއަކު މަދުކޮށްކުޅެ، ސިޓީން ޔުނައިޓެޑު ބަލިކޮށްފި

Images (17)

ހަލް ސިޓީ ކައިރިން އެއްވަރުވެ ޗެލްސީއަށް ޕޮއިންޓެއް

2293813389

ފަހުވަގުތު ލަނޑުޖަގައި އެވަޓަންއިން ޔުނިޓެޑު ހުއްޓުވައިފި

GettyImages 2184029540 1024x683

ފަހަތުން އަރައި އާސެނަލުން ޗެލްސީ ބަލިކޮށްފި