ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުން އިންޑިއާއަށް ޓީ ބިލް ދެއްކުމަކީ މި ބޭންކާ ގުޅުން ހުރި ކަމެއް ނޫން: ބީއެމްއެލް

bml
ބީއެމްއެލް ހެޑް އޮފީސް —
TTH_Ads
Maldivian_Ads
STO_Ads
Advertisement

2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ސަރުކާރުން އަނބުރާ ދެއްކުމާއި ބޭންކް އޮފް މޯލްޑިވްސްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.

މި ފައިސާ ދެއްކީ ބީއެމްއެލްގައި ހުރި ފައިސާއިން ކަމަށް ވިދާޅުވެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާފައިވާ އިރު، އެ ވާހަކަތައް ފިނޭންސް މިނިސްޓްރީން ވެސް ވަނީ ކުރިން ދޮގުކޮށްފައެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެންނެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފައިސާ ނުވަތަ ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށް ބުނެ ދެއްކެވޭ ވާހަކަތަކާއި، ފައިސާ ދެއްކުމުގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް އަސަރުކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި ސަރުކާރުން މި ދަރަނި އަދާކުރުމާއި ބޭންކުގެ މާލީ ހާލަތާ ނުވަތަ ބޭންކިންގް އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އެ ބޭންކުން ކަށަވަރުކޮށްދީފައިވެއެވެ.

HajjCop_ads
Advertisement

މި ޓީބިލް އަނބުރާ ދެއްކުމަށް އެ ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައެއް ނުވާނެ ކަމަށް ވެސް ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ. ބޭންކުގެ ލިކުއިޑިޓީއާއި ކެޕިޓަލް އަދި މާލީ ހާލަތު މެނޭޖްމަންޓާއި ބޯޑުގެ ފަރާތުން މެދުނުކެނޑި މޮނިޓަ ކުރަމުންދާ ކަމަށާއި، ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވެއެވެ.

ގައުމުގެ މާލީ ނިޒާމާ ގުޅުން ހުރި ކަންކަމުގައި އާންމުން ސުވާލުކުރުމާއި ބަހުސްކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. ނަމަވެސް، ބޭންކެއްގެ މާލީ ހާލަތާ ގުޅޭގޮތުން ދެއްކެވޭ ވާހަކަތައް ބިނާވާންވާނީ ކަށަވަރު ކުރެވިފައިވާ ހަގީގަތްތަކުގެ މައްޗަށް ކަމަށާއި، ހަގީގަތާ ޚިލާފު މައުލޫމާތު ތަކުރާރުކޮށް ފެތުރުމުގެ ސަބަބުން މުޅި މާލީ ނިޒާމުގެ ހަމަޖެހުމަށް ނުރައްކާވެ، އިގްތިސާދަށް އޮންނަ އިތުބާރު ގެއްލޭ ކަމަށް ފާހަގަކޮށް އެ ބޭންކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ޓީބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމާ އެކު 150 މިލިއަން ޑޮލަރުގެ ދަރަނި ވަނީ މުޅިން ހަލާސްވެފައެވެ. އަދި މިހާރު ރާއްޖޭގެ ރަސްމީ ރިޒާވްގައި އެކަށީގެންވާ މިންވަރަށް ފައިސާ ހުރި އިރު، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ވެސް އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

bml

އީ-ކޮމާސް މުއާމަލާތްތަކަށް މަހަކަށް 16 މިލިއަން ޑޮލަރު ބީއެމްއެލްއިން ކަނޑައަޅައިފި