ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

Maldivian_Ads
STO_Ads
TTH_Ads
Advertisement

އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް ބާއްވާ ރީފައިނޭންސިންގ އޯޕަން ޑޭ، މި ހިނގާ ސެޕްޓެމްބަރު 19ގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ރީފައިނޭންސިންގ އޯޕަން ޑޭގެ މަގުސަދަކީ، އެސްއެމްއީ ޑިޖިޓަލްގެ ކަސްޓަމަރުންނަށް މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް އެއް ދުވަހުން ބަދަލުކުރުމެވެ.

ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:
· އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުން
· ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުން
· މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން

HajjCop_ads
Advertisement

މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލް އިން އިތުރު ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލް އަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

އެސްއެމްއީ ޑިޖިޓަލް އިން މީގެ ކުރިން ބޭއްވި ދެ އޯޕަންޑޭ އަކީ ވެސް ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދެވުނު އޯޕަންޑޭއެވެ. ގިނަ ކަސްޓަމަރުންތަކެއް އޯޕަން ޑޭގައި ބައިވެރިވެ ފެސިލިޓީތައް ބަދަލުކުރުމަށް އެހީތެރިކަން ހޯދާފައިވެއެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ، ފުރިހަމަ އިސްލާމީ ފައިނޭންސް ފޯރުކޮށްދޭ މުއައްސަސާއަކަށް ބަދަލުވުން. މި ލަނޑުދަނޑި ހާސިލްކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން މިދަނީ ރީފައިނޭންސިންގ އޯޕަން ޑޭގައި ބުރަކޮށް ހަރަކާތްތެރިވުން. މި އިވެންޓްތަކުގެ ކާމިޔާބީއަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން ދެމުންދާ އެއްބާރުލުން. އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޕޯޓްފޯލިއޯގެ ބޮޑު ބައެއް ބަދަލުކޮށް ނިންމާލުން” އެކުންފުނިން ބުނެފައިވެ އެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 19 ސެޕްޓެމްބަރު 2026 ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި

bml

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމް މެދުވެރިކޮށް ނަގާ ފައިސާއަށް ފީއެއް ދެން ނުނަގާނެ