ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml
ބީއެމްއެލް ހެޑް އޮފީސް —
TTH_Ads
STO_Ads
Maldivian_Ads
Advertisement

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ބީއެމްއެލްއިން 653 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލުން ހާމަކޮށްފިއެވެ. އެ ބޭންކުން ވިދާޅުވީ މިއީ މަހަކު އެވްރެޖްކޮށް 81 މިލިޔަނަށްވުރެ ގިނަ ޑޮލަރުން ކަމަށެވެ.

ބީއެމްއެލުން ވިދާޅުވީ ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައިވަނީ ކާޑު މުއާމަލާތްތަކާއި، މުދާ އެތެރެ ކުރުމަށް ޓީޓީއަށް ވިއްކާ ޑޮލަރާއި، ދަތުރުފަތުރާއި، ތަޢުލީމު އަދި ސިއްޙީ ފަރުވާގެ ޚަރަދުތަކަށް ކަމަށެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު ވިއްކާފައިވާ ޑޮލަރުގެ އެންމެ ބޮޑު ހިއްސާއެއް ފޯރުކޮށްދީފައިވަނީ ކާޑު މުއާމަލާތްތަކަށެވެ. އެއީ 304 މިލިޔަން ޑޮލަރެވެ. ކާޑުގެ ޚިދުމަތަކީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެފައިވާއިރު، އޮންލައިން ވިޔަފާރިއާއި، ޑިޖިޓަލް ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމާއި، ދަތުރުފަތުރުގެ ބުކިންގ ހެދުމުގެ އިތުރުން ރާއްޖޭން ބޭރުގައި ކުރާ އެކި ޚަރަދުތަކަށް ގިނަ އަދަދެއްގެ މީހުން ކާޑު ބޭނުންކުރެއެވެ.

HajjCop_ads
Advertisement

ދެވަނައަށް އެންމެ ބޮޑު އަދަދެއް ވިއްކާފައިވަނީ ޓީޓީތަކަށެވެ. އެއީ 214 މިލިޔަން ޑޮލަރެވެ. މަހެއްގެ މައްޗަށް ބަލާއިރު 27 މިލިޔަން ޑޮލަރެވެ. ވިޔަފާރިތަކަށް މި ޑޮލަރު ދޫކުރެވުނު ނަމަވެސް، އޭގެ ފައިދާ ސީދާ ގޮތެއްގައި މުޅި ރާއްޖޭގެ އެންމެހައި ގޭބިސީތަކަށް ލިބިގެންދެއެވެ. ސަބަބަކީ ރާއްޖެއަކީ ކާބޯތަކެއްޗާއި އަސާސީ މުދަލަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާތީ، ވިޔަފާރިތަކަށް ޑޮލަރު ލިބުމަކީ ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދައްކައި، މުދާ އެތެރެކުރުމުގެ ނިޒާމު މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ކޮންމެހެން ބޭނުންތެރި ކަމަކަށް ވާތީކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ވިއްކާ 500 ޑޮލަރުގެ ދާއިރާއަށް ބަލާއިރު އަހަރުގެ މިހާތަނަށް ޖުމްލަ 75 މިލިޔަން ޑޮލަރު ވިއްކާފައިވެއެވެ. ދިވެހިން ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަކީ ހަމައެކަނި ޗުއްޓީ ހޭދަކުރުމަށް ކުރާ ދަތުރުތަކެއް ނޫނެވެ. އޭގެ ތެރޭގައި އާއިލީ ޒިޔާރަތްތަކާއި، ރަސްމީ އަދި ވިޔަފާރި ދަތުރުތަކުގެ އިތުރުން، ކޮންމެހެން ކުރަންޖެހޭ މުހިންމު ދަތުރުތައް ހިމެނެއެވެ. މީގެއިތުރުން، ތަޢުލީމީ ޚަރަދުތަކަށް 32 މިލިޔަން ޑޮލަރު އަދި ސިއްޙީ ފަރުވާއަށް 27 މިލިޔަން ޑޮލަރު ބޭންކުން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

މި ހިސާބުތަކުގެ ފަހަތުގައިވަނީ ރައްޔިތުންގެ އަސާސީ އަދި މުހިންމު އެތައް ބޭނުންތަކެކެވެ. ބައެއް ފައިސާއަކީ އާންމު ދިރިއުޅުމުގެ މުއާމަލާތްތަކަށް ހޭދަކުރެވޭ ފައިސާއެވެ. އަނެއްބައި ފައިސާއިން ޤައުމަށް ބޭނުންވާ މުދާ އެތެރެކުރުން ކަށަވަރުކޮށްދޭއިރު، ބޭރުގައި ކިޔަވާ ދަރިވަރަކަށް ނުވަތަ ބޭސްފަރުވާ ހޯދަމުންދާ އާއިލާތަކަށް ބޮޑު ލުޔެއް ހޯދައިދެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި

bml

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމް މެދުވެރިކޮށް ނަގާ ފައިސާއަށް ފީއެއް ދެން ނުނަގާނެ

bml

ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް ސިޓީއެއް ނުފޮނުވާ: ބީއެމްއެލް