ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް ސިޓީއެއް ނުފޮނުވާ: ބީއެމްއެލް

bml
ބީއެމްއެލް ހެޑް އޮފީސް —
STO_Ads
TTH_Ads
Maldivian_Ads
Advertisement

ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އިން އެއްވެސް ސިޓީއެއް ފޮނުވާފައި ނުވާ ކަމަށާއި، ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ނޫން ސިޓީއެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސައީދު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ކަސްޓަމަރުންގެ ބޭންކިންގ މައުލޫމާތު ބޭންކުން ހަމައެކަނި ފޯރުކޮށްދޭނީ ބޭންކިންގ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނާއި އަދި ތަހުގީގީ އިދާރާތަކުން ލިޔުމަކުން އެދި ބޭންކަށް ހުށަހެޅުމުން ކަމަށެވެ. އަދި ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް އެދި ދާޚިލީ ވުޒާރާއިން އެ ބޭންކަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ނޫން ސިޓީއެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ދާޚިލީ ވުޒާރާއިން ވެސް ވަނީ އެކަން ދޮގުކޮށްފައެވެ. އެ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާއަކީ ޖިނާއީ ތަހުގީގު ހިންގާ އިދާރާއަކަށް ނުވާތީ، މީސްމީޑިއާގައި ދައުރުވަމުންދާ ސިޓީގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ލިޔެކިޔުމެއް ބޭންކަކަށް އަދި އެހެން އެއްވެސް އިދާރާއަކަށް ފޮނުވާފައި ނުވާނެ ކަމަށެވެ. މީގެއިތުރުން، ދައުލަތުގެ ރަސްމީ އިދާރާތަކުގެ ނަމުގައި މިފަދަ ދޮގު މައުލޫމާތު ފެތުރުމާއި ސައްޙަ ނޫން ލިޔުންތައް އުފައްދައިގެން ނުހިންގުމަށް އެންމެހައި ފަރާތްތަކަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ އެ ސިޓީގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުންތައް ތަންފީޒުކުރުމުގެ ގޮތުން ކަމަށް ބުނެ، މަނީ އެކްސްޗޭންޖު ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ އެކައުންޓުތަކާއި، އެފަރާތްތަކުގެ އެކައުންޓުތަކަށް 500 ޑޮލަރަށް ވުރެ މަތިން ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކުގެ އެކައުންޓް ސްޓޭޓްމަންޓްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދިފައިވާ ކަމަށް އެ ސިޓީގައި ވަނީ ދައްކުވައިދީފައެވެ.

HajjCop_ads
Advertisement

ނަމަވެސް ބީއެމްއެލް އަދި ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ވެސް މިވަނީ އެއީ އެއްވެސް އަސްލެއް ނެތް، ރައްޔިތުންނަށް އޮޅުވާލުމަށް އުފައްދާފައިވާ ފޭކް ލިޔުމެއްކަން ކަށަވަރުކޮށްދީފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލުން ޓެކްނޮލޮޖީ ދާއިރާއަށް ހާއްސަކޮށްގެން 25 ފުރުސަތު ހުޅުވާލައިފި

bml

ފޯބްސްއިން ހޮވި އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

bml

ތިން ވަނަ ކުއާޓާއާ ހަމައަށް ރާއްޖޭން ބޭރަށް 2.86 ބިލިއަން ޑޮލަރު ފޮނުވި: ބީއެމްއެލް

bml

މިއަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް އަހަރަށްވާނެ: ޝަރީފް