ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނު އެހީދޭން ނިންމައިފި

46a08ace d90e 447d 8c03 01b74b413db8
Maldivian_Ads
STO_Ads
TTH_Ads
Advertisement

މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނު އެހީދޭން ނިންމައިފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ސްޓޭޓްމަންޓުގައި ވިދާޅުވީ، ރާއްޖެއިން އެދިފައިވާ ގޮތަށް މެލޭޝިއާގެ ސެންޓްރަލް ބޭންކު މެދުވެރިކޮށް ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭއަށް 100 މިލިއަން ޑޮލަރުގެ ލޯނު އެހީ ދޭން ނިންމައިފައިވާ ކަމަށެވެ.

ބޮޑުވަޒީރު އަންވަރު ވިދާޅުވީ، އެކަމުގެ އިދާރީ ކަންކަން ދެ ބޭންކު ގުޅިގެން އަވަސް މުއްދަތެއްގައި ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ.

HajjCop_ads
Advertisement

“މި ފަދަ އެއްބަސްވުމަކަށް ވާސިލްވެވެނީ އެކުވެރިކަމާއި އިތުބާރުގެ ސަބަބުން” ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.

ބޮޑުވަޒީރު އަންވަރު ވަނީ، މެލޭޝިއާ މެދުވެރިކޮށް ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ ކަންކަމަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ބޮޑުވަޒީރު ވިދާޅުވީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށް ފަސޭހަ އަދި ލުއި ގޮތްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ތައުލީމީ ދާއިރާއިން އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދުގެ އަނބިކަނބަލުން އަވަހާރަވެއްޖެ

DSC

ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު 2 އެއްބަސްވުމެއް

Big ERxdY9APPY4zAdNC96eg621LN

މެލޭޝިއާގެ ބޮޑުވަޒީރު މިރޭ ރާއްޖެ ވަޑައިގަންނަވަނީ

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި