ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެލޭޝިއާގެ ބޮޑުވަޒީރު މިރޭ ރާއްޖެ ވަޑައިގަންނަވަނީ

Big ERxdY9APPY4zAdNC96eg621LN
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފުރަމަނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގަންނަވާނެއެވެ. މިދަތުރުފުޅުގެ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން ދަނީ ކުރަމުންނެވެ.

މަރުޙަބާ ދެންނެވުން އެންމެ ފުރަތަމަ ކުރިއަށްދަނީ ރަސްމީކޮށް، ޢިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން އަދި ރައީސް އޮފީސް ހިމެނޭ ސަރަޙައްދުގައެވެ. މިގޮތުން މިހާރު ޢިއްޒުންދީން ފާލަމާ ދިމާލުން ގިޑިގެ ތައްޔާރުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި މަރުޙަބާ ދެންނެވުމަށްޓަކައި ޖުމްހޫރީ މައިދާނުގައިވެސް ތައްޔާރީތައްދަނީ ވަމުންނެވެ.

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ އަރުއްވާފައިވަނީ، 2025 ވަނަ އަހަރުގެ އެޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

HajjCop_ads
Advertisement

މިޒިޔާރަތުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން އެއްބަސްވުންތައް ޤާއިމުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މަޤާމަށް 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު އަންވަރު އިބްރާހީމް ހަވާލުވުމަކީ އެޤައުމަށް ސިޔާސީގޮތުން އައި ބޮޑު ބަދަލެއްގެ ގޮތުގައި މެލޭޝިއާގެ ރައްޔިތުން ދެކެއެވެ. ސިޔާސީ މައިދާނުގައި ނުފޫޒުގަދަ އިންވަރު ގެންދަވަނީ ބައިނަލްއަޤުވާމީ މައިދާނުގައިވެސް މެލޭޝިއާގެ ދައުރު ފުޅާކުރުމަށް މަސައްކަތްކުރައްވަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

D72844cc 061f 4ae7 8d0a 024dfc520496

މެލޭޝިއާގެ ބޮޑުވަޒީރު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

Main 20260911

މެލޭޝިއާގެ ބޮޑު ވަޒީރު ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަނީ

މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި