މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.
އެ އިދާރާއިން ވަނީ މެލޭޝިޔާގެ ބޮޑުވަޒީރު، އޮންރަބްލް އަންވަރު އިބްރާހީމް 2026 ސެޕްޓެމްބަރު 14 އިން 15 އަށް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައިވާ ( ރަސްމީ ފާލަން ހިމެނޭ ސަރަހައްދު) އުޅަނދުތައް ނެގުމަށް އަންގައިފައެވެ.
އެ ސަރަހައްދުގައި ހިމެނޭ އެންމެހައި ކަނޑުއުޅަނދުފަހަރު 2026 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އަދި އެއްގަމު އުޅަނދުފަހަރު ހަމަ އެ ދުވަހުގެ ހަވީރު 16:00 ގެ ކުރިން ނެގުމަށް ފުލުހުންގެ އިދާރާއިން ވަނީ އަންގައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑު ވަޒީރު ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވަނީ މިމަހުގެ 14 އިން 15އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.










ކިޔުންތެރިންގެ ހިޔާލު